މިރޭގެ ޝޯ އަށް ހަބޭސް ބޮޑުބެރު ގްރޫޕް، ހަވާ އެރުވިދާނެ ކަމާމެދު ޝައްކު!

ހަބޭސް ބޮޑު ބެރު ގުރޫޕްގެ ބައެއް މެމްބަރުން.
ހަބޭސް ބޮޑު ބެރު ގުރޫޕްގެ ބައެއް މެމްބަރުން.

މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިރޭ ބާއްވާ ހާއްސަ ޝޯއަށް މަޝްހޫރު ބޮޑުބެރު ގުރޫޕް “ހަބޭސް” އަންނަ ގޮތަށް ހަމަޖެހުނުއިރު ހަވާއެރުމުގެ ހަރަކާތްތައް ބޭއްވުމާމެދު ޝައްކު އުފެދިއްޖެ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް މިރޭ އޭދަފުށީގައި އޮންނަ ޝޯ ގައި ޕާފޯމް ކުރާނެކަމަށް އެ ގްރޫޕުގެ ފޭސް ބުކް ޕޭޖުގައި ވަނީ ޔަގީން ކޮށްދީފަ އެވެ.

ނަމަވެސް އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު އަށް ދެންމެ އީޓީ އިން ގުޅާލުމުން ވިދާޅުވީ ހަވާ އެރުވުމުގެ ހަރަކާތްތައް ބޭއްވުމާމެދު ޝައްކު ކަމަށެވެ.

“އަދިވެސް މިއުޅެނީ އެކަން ހަމަނުޖެހިގެން، ހިޔެއް ނުވޭ ދެން މިރޭ ހަވާ އެރުވުމުގެ ހަރަކާތްތައް ބޭއްވިދާނެ ހެނެއް، އަދިވެސް މަސައްކަތް ކުރަމުން މިދަނީ،” އަލީ ހަވީދު ވިދާޅުވި އެވެ.

މިރޭ ބާއްވާ ސްޓޭޖް ޝޯ ގެ ތެރެއިން ހަވާ އެރުވުން އޮންނާނެ ކަމަށް މިނިވަން 50 އިންތިޒާމު ކޮމެޓިން ކުރިން ވަނީ ބުނެފައެވެ. އަދި އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައިވެސް މިރޭގެ ޝޯ ގެ ތެރެއިން ހަވާއެރުވުން އޮންނާނެ ކަމަށް އެތައް ފަހަރަކު އިއުލާން ކުރި އެވެ.

މި ޝޯ އަށް ރާއްޖޭގެ އެންމެ މަޝްހޫރު ބޮޑުބެރު ގްރޫޕް އަދި ބޮޑުބެރު މިއުޒިކަށް އިންގިލާބެއް ގެނުވި “ހަރުބީ” އައުމަށްވެސް ކުރިން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ހަރުބީގެ ޝެޑިއުލަށް އައި ކުއްލި ބަދަލަކާ ގުޅިގެން އެ ބޭނޑަށް މިރޭގެ ޝޯއަށް އާދެވޭގޮތް ނުވީ ކަމަށް ޝޯ އިންތިޒާމު ކުރުމުގައި އިސްކޮށްއުޅޭ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މިރޭ ބާއްވާ ސްޓޭޖް ޝޯ ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިވަން 50 ސްޓިއަރިން ކޮމެޓީން ދެ އެވެ. އެ ޝޯ ގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ އިތުރުން މިރަށުގެ ބައެއް ގްރޫޕް ތަކުގެ އައިޓަމް ތަކާއި ސްކޫލު ކުދިންގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

މި ޝޯ ފަށާނީ ރޭގަނޑު 30: 9 ހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.