ދަރަވަންދޫ ފިއުލް ސާވިސަސް އިން ވިއްކާ ޕެޓްރޯލްގެ އަގުހެޔޮ ކޮށްފި

ދަރަވަންދޫ ފިއުލް ސާވިސަސް. އެތަނުން ޕެޓްރޯލް ވިއްކާ އަގުވަނީ ހެޔޮކޮށަފައި-- ފޮޓޯ. ދަރަވަންދޫ ފިއުލް ސާވިސަސް
ދަރަވަންދޫ ފިއުލް ސާވިސަސް. އެތަނުން ޕެޓްރޯލް ވިއްކާ އަގުވަނީ ހެޔޮކޮށަފައި– ފޮޓޯ. ދަރަވަންދޫ ފިއުލް ސާވިސަސް

 

ދަރަވަންދޫ ފިއުލް ސާވިސަސް އިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް އިން ބުނީ މިދިޔަ މޭމަހު އެތަން ހުޅުވިއިރު 13ރ. އަށް ވިއްކަމުން ގެންދިޔަ ފެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 12.50ރ. އަށް ކަމަށެވެ.

ޕެޓްރޯލްގެ އަގު ދަށް ކުރެވުނުއިރު ޑިސަލް ވިއްކަމުންދަނީ -/11.50 އަށެވެ. މިއީ އެތަނުން ބުނިގޮތުގައި ބ. އަތޮޅުގައި އެންމެ އަގުހެޔޮކޮށް ޑީސަލް ލިބެންހުރި އަގެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް ބުނި ގޮތުގައި އެތަނުން ވިއްކާ ޕެޓްރޯލްގެ އަގުހެޔޮކުރީ ބ. އަތޮޅުގައި އެންމެ އަގު ހެޔޮކޮށް އަދި އެންމެ އިތުބާރާއެކު ތެލުގެ ވިޔަފާރި ކުރާ ބަޔަކަށްވުމަށެވެ. އަދި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ވީހާވެސް ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެ ތަނުން ބުންޏެވެ.

ދަރަވަންދޫ ފިއުލް ސާވިސަސްގެ ފިއުލް ޝެޑް އެރަށުގެ ބަނދަރުގެ އިރުމަތީ ކޮޅުގައި ހުންނައިރު އެތަނުގެ ފިއުލް ޑީސްޕެންސަރު ހުންނަނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށްވެސް އެއްވެސް ހުރަހެއްނެތި ފަސޭހަކަމާއެކު އަވަހަށް ތެޔޮއަޅާލެވޭ ގޮތަށް ބަނދަރާ އިންވެގެންނެވެ.

“މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ހިދުމަތް ލިބިގަންނަ ފަރާތަށްވެސް ސާފުކޮށް، އަޅާ ތެލުގެ އަދަދާއި ފައިސާގެ އަދަދު ފެންނަން ހުންނަ ޑިސްޕެންސަރ ތަކެއް. އަދި މިއީ މުޅި ރާއްޖޭގައިވެސް ބަނދަރުގައި ޑިސްޕެންސަރި ބަހައްޓައިގެން ހިދުމަތްދޭ ފުރަތަމަ ތެޔޮ ފިހާރަ،” ދަރަވަންދޫ ފިއުލް ސާވިސަސް އިން ބުންޏެވެ.

މީގެ އިތުރުން ޔަމަހާ އަދި މާކިއުރީ ބްރޭންޑްގެ އިންޖީނަށް ބޭނުންވާ ލުބްރިކަންޓްސް އަދި ސްޕެއާ މާލެއާއި އެއް އަގެއްގައި ލިބެން ހުރި ކަމަށް އެތަނުން ބުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Driver

    މިއީ މުޅިން ދޮގުވާހައެއް. މީ ވަރަށް ދޮގުމައުލޫމާތު ފަތުރާ ނޫހެއް. ލިޔަންވާނީ ވަރަށްރަނގަޅަށްމައުލޫމާތު ސާފުކޮށްފަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.