ކައުންސިލް އިދާރާތަކާއި އަތޮޅުގެ ބޭނުންކުރާނެ އުސޫލެއް އެކުލަވާލައިފި

ބ. އަތޮޅުގެ. އަތޮޅުގެތައް ބޭނުންކުރާނެ އުސޫލެއް މިހާރު ވަނީ އެކުލަވާލައިފައި-- އީޓީ ފައިލް ފޮޓޯ
ބ. އަތޮޅުގެ. އަތޮޅުގެތައް ބޭނުންކުރާނެ އުސޫލެއް މިހާރު ވަނީ އެކުލަވާލައިފައި– އީޓީ ފައިލް ފޮޓޯ

 

ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އަތޮޅުގެތަކާއި މަރިޔާދުގެތަކުގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނެ އުސޫލެއް އެކުލަވާލައިފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެ އުސޫލް ރައީސް އޮފީހަށް ފޮނުވާފައި ކަމަށާއި ވަރަށް އަވަހަށް އެ އުސޫލް ގެޒެޓް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ހުންނަ ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުގެ އުސޫލެއް ކަނޑައެޅި، އެ އުސޫލުގެ ދަށުން ހުރިހާ ތަނެއްގައި ވެސް އެއް އުސޫލަކުން އަަމަލުކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އަތޮޅުގެތަކާއި މަރިޔާދުގެތަކާއި ކައުންސިލް އިދާރާތައް، އުޅަނދުފަހަރު ލޯންޗް ފަހަރު ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަރިޔާދުގެ
މަރިޔާދުގެ

 

އަތޮޅުގެތައް މަރާމާތުކުރުމަށް ފަހު އެ ތަންތަން ބޭނުންކުރާނެ ގޮތުގެ ލިސްޓެއް ވެސް އެ އުސޫލްގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވަޒީރަކު ނުވަތަ އެހެން ބޭފުޅަކު ހުންނެވި ނަމަވެސް އަތޮޅުގެތަކަށް އަގު ދައްކަން ޖެހޭނެ ކަަމަށް އުސޫލްގައި ކަނޑައަޅާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަތޮޅު ގެތައް މަރާމާތުކުރުމުގެ ބޮޑު މަޝްރޫއެއް ފަށައި، ފަސް އަތޮޅު ގެއެއްގެ މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ. އެއީ ދ. އަތޮޅާއި ލ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ރ އަތޮޅެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. alibe

    މީ ހާދަ ހިތްދަތި ހަބަރެކޭ ……އުމަރު ގެ ނިންމުން ވަރަށް ރަގަޅު ، ދުވަސް ތަކެއް ވެއްޖެ ކައުންސިލަރުން މިހެން ފޮނިކޮށް އުޅޭތާ،،،،ދެން ޖެހޭނީ ކުއްޔަށް އުޅެން އަބަދަކު އެއްގޮތަކަށް ނޫޅެވޭނެތާދޯ ކޮންމެސް ދުވަހަކުން ކޮންމެ ކަމަކަށް ނިމުމެއް އަންނާނެ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.