ރިވެޓްމަންޓް ޖެހުމުގެ ފުރަތަމަ ފިޔަވަހި ނިމެނީ، ދެވަނަ ފިޔަވަހި ފަށަން ތައްޔާރު ވެއްޖެ

އޭދަފުށީ ހިއްސި ސަރަހައްދުގައި ރިވެޓްަމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ--މި ޕްރޮޖެކުްގެ ފުރަތަމަ ފިޔަވައި އަންނަމހު ނިމޭނޭ-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ–މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި އަންނަމަހު ނިމޭނެ — އީޓީ ފޮޓޯ / ތޯރިގް

 

ދެ ފިޔަވައްސަކަށް ބަހާލައިގެން ބ. އޭދަފުށީގެ ހިއްކި ސަރަހައްދުގެ ބިންގަނޑު ހިމާޔަތްކުރުމަށްޓަކައި ޖަހާ ރިވެޓްމަންޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސް، މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަމުންދާ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނީ މިރަށުގެ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ. އަދި މިހާރު މި މަސައްކަތުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން އޭދަފުށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީމަހުފެށީ ޖޫން މަހު ނިންމުމަށެވެ. ނަމަވެސް މި މަސައްކަތް ލަސްވީ އެ ކުންފުނިން ބުނި ގޮތުގައި މިހާރު ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދުން ބޮޑު ބައެއް ގިރާލާފައިވުމުގެ ސަބަބުން އެ ސަރަހައްދަށް އަލުން ވެލި އަޅައި ހިއްކަން ޖެހުމުގެ ސަބަބުންނެވެ.

އޭދަފުށީ ހިއްސި ސަރަހައްދުގައި ރިވެޓްަމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ--މި ޕްރޮޖެކުްގެ ފުރަތަމަ ފިޔަވައި އަންނަމހު ނިމޭނޭ-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ–މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި އަންނަމަހު ނިމޭނެ– އީޓީ ފޮޓޯ / ތޯރިގް

އެ ކުންފުނިން ބުނީ، 22.8 މިލިޔަން ރުފިޔާގެ އެ ޕްރޮޖެކްޓް ނިމޭ އިރު، ހިއްކި ސަރަހައްދުގައި 875 މީޓަރުގެ ދިގުމިނުގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.
“މި މަސައްކަތުގެ 70 ޕަސެންޓް މަސައްކަތް މިހާރު އެވަނީ ނިމިފައި، އަންނަމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭވަރު ވާނެ،”

ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޑީ ހޯގާޑާ އެވެ. އެ ކުންފުނިން ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ބައެއް އެހެނިހެންތަކެތި މިއަދު ހެނދުނުވަނީ އޭދަފުއްޓަށް ގެނެސްފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން އެމްޓީ ހޯގާޑުން ރަށުގެ އިރުމަތީ ސަރަހައްދުގައި ގާތްގަޑަކަށް 1300 އެއްހާ މީޓަރުގައި ބޮޑުހިލަ ޖަހާނެ އެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު 2000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށް ރަށު ކައުންސިލުން ކުރިންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.