އޯލެވެލް އިން ރާއްޖޭގެ އެއްވަނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކަށް

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން
. ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން. ނަޝާދު (ކ) ވަނީ ރާއްޖޭގެ އެއްވަނައިގައި ހިމެނިފައި

 

ޖީސީއީ އޯލެވެލްގެ މިދިޔަ އަހަރުގެ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 8 ދަރިވަރަކު ހޯދައި، އޭގެ ތެރެއިން އެއް ދަރިވަރަކު ރާއްޖޭގެ އެއްވަނައިގައި ހިމެނިއްޖެ އެވެ.

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން 8 ދަރިވަރުން
• 1 ވަނަ، ނަޝާދު އަބްދުލްވާހިދު، ހަނދުވަރު / ބ. އޭދަފުށި
• 2 ވަނަ، އަހްނަފް އިބްރާހިމް، ސޯސަންގެ / ބ. އޭދަފުށި
• 2 ވަނަ ފާޠިމަތު އިރުތިޝާމް، ޖަރީމާގެ / ބ. ގޮއިދޫ
• 4 ވަނަ އަހްމަދު އަރީން، ގޯލްޑަންރީފް / ބ. އޭދަފުށި
• 4 ވަނަ، އައިޝަތު ނަފްހަތު، ދޭދަރުގެ / ބ. އޭދަފުށި
• 6 ވަނަ، މުހައްމަދު އަނޫފް އަންވަރު، ކަނދޮޅުމާގެ / ބ. އޭދަފުށި
• 6 ވަނަ، ޒާއިން ސަމީރު، ވެލިވަރު / ބ. އޭދަފުށި
• 9 ވަނަ އުނެއިސް ޒުބައިރު، ބާޒީ / ބ. އޭދަފުށި

މީގެ އިތުރުންވެސް މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ޓޮޕްޓެން ގައި ހިމެނިފަ އިވެ އެވެ. .

 

2014 ވަނަ އަހަރު ޖީސީއީ އޯލެވެލްއިމްތިހާނުގެ ގަދަ10ގައި ހިމެނުނު ބއތމ.ގެ 8 ދަރިވަރުން .ސްކޫލްގެ ޕްރިންސިޕަލާ ލީޑިންގ ޓީޗަރއާއެކު ފޮޓޯ ހަރުޝާ
2014 ވަނަ އަހަރު ޖީސީއީ އޯލެވެލްއިމްތިހާނުގެ ގަދަ10ގައި ހިމެނުނު ބއތމ.ގެ 8 ދަރިވަރުން .ސްކޫލްގެ ޕްރިންސިޕަލާ ލީޑިންގ ޓީޗަރއާއެކު ފޮޓޯ ހަރުޝާ

 

އެވޯޑަށް ފަހު “އީޓީ” ވާހަކަ ދައްކަމުން ނަޝާދު އަބްދުލްވާހިދު ބުނީ ގަދަ 10 ގެ އެއް ވަނަ ހޯދުމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި މިއީ އޭނާ ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށެވެ. އަދި މިފަދަ ވަނައެއް ހާސިލް ކުރެވުމުން އޭނާ އެންމެ އުފާވަނީ މައިންބަފައިންނާއި ސްކޫލަށް ބޮޑު ޝަރަފެއް ހޯދައިދެވުނީތީ ކަމަށް ނަޝާދު ބުންޏެވެ.

“މިއީ ސްކޫލަށް ވެސް ހޯދައިދެވުނު ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ. ވަރަށް، ވަރަށް އުފާވެއްޖެ. މިއީ ވަރަށް ކުޑަ އިރުއްސުރެ ކުރި އުއްމީދެއް. އާއިލާއަށާ ގްރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދިން ހުރިހާ ޓީޗަރުންނަށް އަދި ކިޔެވުމަށް އެހީތެރިވި ހުރިހާ އެންމެނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ” މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަމުން އަންނަ އެ ދަރިވަރު ބުންޏެވެ.

އޯލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ޕްރޮގްރެސް އެވޯޑް ހާސިލުކުރަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަހަރު އެ އެވޯޑް ހާސިލު ނުކުރެވުނުކަން ފާހަގަ ކުރެވެ އެވެ.

2013 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ގަދަ ދިހައެއްގައި ތައުލީމީ މަރުކަޒުގެ 14 ދަރިވަރަކު ވަނީ ހިމެނިފަ އެވެ. އޭގެ ތެރެއިން 2 ކުއްޖަކު އެ އަހަރު ރާއްޖޭގެ އެއްވައިނައިގައި ހިމެނިފައިވެ އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައެއްގައި 475 ކުދިން ހިމެނެ އެވެ. އޭގެ ތެރެއިން 268 ދަރިވަރުންނަކީ މާލޭ ސްކޫލުތަކުގެ ކުދިންނެވެ. އަދި ރަށްރަށުގެ ސްކޫލުތަކުން ގަދަ ދިހައެއްގައި ހިމެނިފައިވަނީ 207 ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.