ހުރިހާ އަތޮޅެއްގައި މީރާގެ އޮފީސްތައް ހުޅުވަނީ

ކުޅުދުއްފުށީގައި ހުޅުވާފައިވާ މީރާގެ ބްރާންޗް: މިފަދަ ބްރާންޗްތައް ހުރިހާ އަތޮޅެއްގައި ހުޅުވުމަށް މިރާއިންދަނީ މަސައްކަތް ކުރަމުން. ފޮޓޯ/ މީރާ
ކުޅުދުއްފުށީގައި ހުޅުވާފައިވާ މީރާގެ ބްރާންޗް: މިފަދަ ބްރާންޗްތައް ހުރިހާ އަތޮޅެއްގައި ހުޅުވުމަށް މީރާއިންދަނީ މަސައްކަތް ކުރަމުން. ފޮޓޯ/ މީރާ

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައިވެސް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ނިމުމުގެ ކުރިން އެ އޮފީސްތައް ހުޅުވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މީރާ އިން ބުނެފި އެވެ.

މީރާގެ ޓެކްސް ޕޭޔާ ސާވިސްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި މިހާރު މީރާގެ އޮފީސްތައް ނުހުންނަ އަތޮޅުތަކުން ޖެހޭނީ އަތޮޅު ކައުންސިލްތައް މެދުވެރިކޮށް މީރާގެ ހިދުމަތްތައް ހޯދަން ކަމަށާއި މީރާގެ އޮފީސްތައް ހުރިހާ އަތޮޅެއްގައި ޤާއިމްކުރެވިގެން ދިއުމުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެއެވެ.

މީރާގެ އޮފީސްތައް މިހާތަނަށް ގާއިމްކުރެވިފައިހުރީ ރާއްޖޭގެ ތިން އަތޮޅެއްގަ އެވެ. އެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ.

އަތޮޅު ތެރޭގައި މީރާގެ އޮފީސްތައް ހުޅުވައި ހިދުމަތް ދޭން ފެށުމުން ޓެކުހާ ގުޅޭ ހިދުމަތްތައް ކައިރިން ވީހާ ވެސް ފަސޭހަކޮށް ލިބޭނެ ކަމަށް މީރާ އިން ބުންޏެވެ.

އަދި މާލޭގައި ހުންނަ ހެޑް އޮފީހުން ލިބޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް އަތޮޅު ތެރޭގައި ހުޅުވާ މީރާގެ އޮފީސްތަކުން ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.