މަތިންދާބޯޓެއްގެ ބައިތަކެއްހެން ހީވާ އެއްޗެހިތަކެއް ބ. އަތޮޅަށް ލައްގައިފި

ބ ފެހެންދޫ އިން ފެނުނު، މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް – ފޮޓޯ ބ.ފެހެންދޫ ކައުންސިލް
ބ ފެހެންދޫ އިން ފެނުނު، މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް – ފޮޓޯ ބ.ފެހެންދޫ ކައުންސިލް

ބ އަތޮޅު ފެހެންދު އާއި ފުޅަދޫ އަށް ވެސް ފްލައިޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗިހިތަކެއް ލައްގާފައި ހުއްޓާ ފެނިއްޖެ އެވެ.

ފެހެންދޫގެ ކައުންސިލްގެ މެންބަރު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން އެ ރަށުގެ ދެކުނު ފަރާތަށް ލައްގާފައި ވަނީ އަށް ފޫޓް ހުންނަ ވަރުގެ އެތިގަނޑެއް ކަމަށެވެ. އޭގެ ބޭރު ހަދާފައި ހުރީ ޕްލާސްޓިކް ކަހަލަ މައުދަނަކުން ކަމަށާއި އެތެރޭގައި ހުރީ ފުޅިމަދު ކަހަލަ މަޑުބާވަތެއް ކަމަށެވެ.

މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް އުތުރުގެ ބައެއް އަތޮޅުތަކަށް ލައްގަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށްވެސް ލިބިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮން ރަށްތަކެއްކަން ހާމަ ނުކުރައްވައި އޭނާ ވިދާޅުވީ އެކަން ބަލަމުންދާ ކަމަށެވެ.

ބ ފެހެންދޫ އިން ފެނުނު، މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް – ފޮޓޯ ބ.ފެހެންދޫ ކައުންސިލް
ބ ފެހެންދޫ އިން ފެނުނު، މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް – ފޮޓޯ ބ.ފެހެންދޫ ކައުންސިލް

ފެހެންދޫ ކައުންސިލުން ދެންމެއަކު ބުނި ގޮތުގައި އެ ރަށަށް ލެއްގި އަށް ފޫޓު ދިގު، ދެ ފޫޓު ފުޅާ އެ އެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ފަށައިފަ އެވެ.

“ފައިބަރު ގަނޑެއް ނޫންކަން އެއީ ޔަގީންކަމެއް. އެއީ އެހެން ކަހަލަ ކޮންމެވެސް މާއްދާއަކުން ހަދާފައި ހުރި އެއްޗެއް. ބޮޑަށް ބެލެވެނީ ފްލައިޓެއްގެ ކާގޯ ބައިގައި ހުންނަ ކަހަލަ ތަންގަނޑެއްހެން. މިހާރު ފުލުހުން އޭތި އެބަ ގެންދޭ،” އޭނާ ވިދާޅުވި އެވެ.

މީގެ ދެތިން ދުވަސް ކުރިން އެ ރަށާއި ވަރަށް ކައިރީގައި އޮންނަ ފުޅަދޫއަށް ވެސް އެކަހަލަ އެތިގަނޑެއް ލައްގާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މައުރޫފް ވިދާޅުވި އެވެ. އެ ރަށުގައި އޮތް އެތި ވެސް މިހާރު ވަނީ ފުލުުހުންނާ ހަވާލުކޮށްފަ އެވެ. އެ އެތިގަނޑު ވެސް އޮތީ ހަމަ ފެހެން ދޫ އިން ފެނުނު އެތި ހަދާފައި ހުރިކަހަލަ މާއްދާއަކުން ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭގައި ސީރިއަލް ނަމްބަރެއް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުން ދަނީ ފުޅަދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.