ބ. އަތޮޅުގައި ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ފަށައިފި

ބ. އަތޮޅުގައި ކުރިއަށްދާ ޓްރެފިކް އެވެއަރނަސް ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ / ޕޮލިސް
ބ. އަތޮޅުގައި ކުރިއަށްދާ ޓްރެފިކް އެވެއަރނަސް ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ / ޕޮލިސް

 

ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ނ، ރ، ބ، އަދި ޅ އަތޮޅަށް އަމާޒުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ ޓްރެފިކް އެވެއާނަސް ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމް ބ. އަތޮޅުގައި ފަށައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓުން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު އޭދަފުށީގައި ފެށި މި ޕްރޮގްރާމުގެ ދަށުން، މިރަށުގައި މަސައްކަތްކުރާ ފުލުހުން ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ކޮންމެހެން އެނގެން ބޭނުން މަޢުލޫމާތުތަކާއި އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާގުޅޭ މަޢުލުމާތު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑްސޭފްޓީ ޔުނިޓާއި، އިންވެސްޓިގޭޝަން ޔުނިޓް އަދި ވައިލޭޝަން ޔުނިޓްގައި މަސައްކަތްކުރާ ތަޖުރިބާކާރު ފުލުހުންނެވެ.

މި ޕްރޮގްރާމް ނޯތު ޕޮލިސް ޑިވިޜަންގެ 4 އަތޮޅުގައި ވަކިވަކިން ކުރިއަށް ގެންދާއިރު، ކޮންމެ އަތޮޅެއްގައި ހަފްތާއެއްގެ މުއްދަތަށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެގޮތުން ކުރިއަށް ގެންދާ ސެޝަންތަކުގައި ފުލުހުންނަށާއި، ސަރުކާރު މުއްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން އަދި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.