ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް

މިނިވަން 50 ފާހަގަ ކުރުމަށް މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން. މި ހިނގާލުމުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި
މިނިވަން 50 ފާހަގަ ކުރުމަށް  އޭދަފުށީގައި ބޭއްވި ސަގާފީ ނެށޫމެއް ޒުވާން އަންހެން ކުދިންތަކެއް ހުށަހަޅާއިދެނީ. މިއަހަރުގެ ޒުވާނުންގެ ދުވަސް ރަށު ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަން ދަނީ ތައްޔާރުވަމުން– ފައިލް ފޮޓޯ

މި އަހަރުގެ ޒުވާނުންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް ހިންގަން ރަށުކައުންސިލުން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އޯގަސްޓް 12 ގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ރަށުގެ ހުރިހާ މުއައްސަސާތަކުގެ އިސްވެރިން ހިމެނޭގޮތަށް ޓާސްކް ފޯހެއް އެކުލަވާލައިފައިވާ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު ފަތިސް ނަމާދު ޖަމާއަތުގައި ކުރާއިރު އެދުވަހު ހަވީރު ޒުވާނުންގެ ސައިކަލުބުރެއް ކުރިއަށްދާނެ އެވެ. އަދި ބުދަ ދުވަހުގެ ހަވީރު މަސްރޭހެއް ބާއްވާއިރު ބުރާސްފަތި ދުވަހު ޒުވާނުންގެ ކުޅިވަރު ހަވީރަކާއި ސަރުކާރު މުވައްޒަފުންގެ ސްޓޭޖް ޝޯއެއް އެ ރޭ އޮންނާނެ އެވެ.

ޒުވާނުންގެ ދުވަހުގެ ޕްރޮގްރާމް:

• ފަތިސްނަމާދު ޖަމާއަތުގައި ކުރުން (އޯގަސްޓް 12 ވަނަ ދުވަހު)
• ސައިކަލު ބުރު (އޯގަސްޓް 12 ވަނަ ދުވަހު ހަވީރު 16:30 ގައި)
• މަސްރޭސް (އޯގަސްޓް 13 ވަނަ ދުވަހުގެ ރޭ، 16:00 ން 20:00 އަށް)
• ރަށުތެރެ ސާފުކުރުން (އޯގަސްޓް 14 ވަނަ ދުވަހު ހެނދުނު 8:00 އިން 10:30 އަށް)
• ކުޅިވަރު ހަވީރު (އޯގަސްޓް 14، ހަވީރު 16:30 ން 18:30 އަށް)
• ސްޓޭޖް ޝޯ (އޯގަސްޓް 14 ވަނަ ދުވަހުގެ ރޭ)

އަދި މިކަމާގުޅޭ ގޮތުން އޭދަފުށީގައިތިބި ޒުވާނުންނާ ބައްދަލުކޮށް ޒުވާނުންގެ މެދުގައި ވާހަކަދެކެވި، ޒުވާނުންގެ ފަރާތުން ވެސް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރަށު ކައުންސިލު އިދާރާއިން ބުންޏެވެ.

މި ހަރަކާތްތައް ކުރިއަށްދަނީ ރަށުގެ ޒުވާނުންނާ ސަރުކާރު އޮފީސް/ކުންފުނިތައް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.