އޭދަފުށީ ކައުންސިލަރުން ތަކެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

އޭދަފުށީ ކައުންސިލް އިދާރާ
ބ. އޭދަފުށީ ކައުންސިލް އިދާރާ. ކުރީގެ އަދި މިހާރުގެ ބައެއް ކައުންސިލަރުންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައި

 

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި އޭދަފުށީގެ ކުރީގެ އަދި މިހާރުގެ ބައެއް ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި އޭސީސީއިން ދައުވާ ކުރަން ފޮނުވާފައިވަނީ އެ މަސައްކަތުގެ އިވެލުއޭޝަން ކޮމެޓިގައި ހިމެނޭ އޭދަފުށީ ކައުންސިލުގެ މި މަހު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ރައީސް އަލީ ވަހީދު އާއި މިދިޔަ ދައުރުގެ ނައިބް ރައީސް އަދި މިހާރުގެ ކައުންސިލް މެންބަރު މުހައްމަދު ރިޒާ އާއި ކައުންސިލުގެ ކުރީގެ މެންބަރު އަބްދުލްވާޙިދު ހުސައިން އާއި، ކުރީގެ މެންބަރު އަލީ ޔަހްޔާގެ މައްޗަށެވެ.

އެ ހަތަރު ބޭފުޅުންގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހްމަތުކޮށްފައި ވަނީ 2011 ވަނަ އަހަރު ބ. އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ކައުންސިލުގެ ރައީސް އަލީ ވަހީދުގެ ބޭބެ އިބްރާހިމް ވަހީދު ހިމެނޭތީ އޭނާގެ އަންދާސީ ހިސާބު ބަލައިގަނެ، އޭނާ ހުށަހެޅި ފަރާތްތަކުން ހުށަހެޅި އަގުތައް ޖަހާފައި އޮތް ޝީޓްގައި އަންދާސީ ހިސާބުތައް ބަލައިގަތް ފަރާތަކަށް އޮތީ އަލީ ވަހީދުގެ ނަން ކަމަށާއި ނަމަވެސް އޭނާގެ ނަމުގެ ކައިރީގައި ލިޔެފައި އޮތީ އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް ކަމަށް ބުނެ އޭދަފުށީ އިރުމަތީގޭ އިސްމާއިލް ވަޖީހު ޖޫން 7، 2011 ގައި އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލައިގަ އެވެ.

އޭސީސީން އިސްމާއިލް ވަޖީހަށް ފޮނުވި ޖަވާބުގައި ވަނީ އެ މައްސަލައިގައި އެ ކޮމިޝަނަށް ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު 2011 ވަނަ އަހަރު ބ. އޭދަފުށީ މަލްޓީޕާޕަސް އިމާރާތުގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް އޭދަފުށީ ކައުންސިލުގެ އިދާރާއިން އާއްމުކުރި 17/2011 (25 އޭޕްރިލް 2011) އިއުލާނާ ގުޅިގެން ތިން ފަރާތަކަށް މަސައްކަތުގެ މައުލޫމާތު ދީފައިވަނީ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލުން ނޫންކަމަށެވެ.

އޭސީސީގެ ތަހުގީގުގައި ފާހަގަަ ކޮށްފައިވާ ކަންތައްތައް:

• ބިޑު ކުރި ފަރާތްތަކުގެ ތެރޭގައި ކައުންސިލުގެ ރައީސް އަލީ ވަހީދުގެ އެއްބަނޑު އެއްބަފާ ބޭބެ އިބްރާހިމް ވަހީދު ހިމެނޭކަން.
• މައުލޫމާތު ދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.16 ވަނަ މާއްދާއާ ޚިލާފަށް އަދި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތާވެސް ޚިލާފަށްކަން.
• ފެކްސް މެދުވެރިކޮށް އަންދާސީ ހިސާބެއް ބަލައިގަނެފައިވާ ކަން.
• އިބްރާހިމް ވަހީދު އަންދާސީ ހިސާބު ހުށަހަޅާފައިވާ އިރު ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.01 ގެެ (ކ) އާ އެއްގޮތަށް ކައުންސިލުގެ ރައީސް އަލީ ވަހީދު އާ ގުޅުން އޮންނަކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅާފައިނުވާކަން.
• އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމުގައި ކައުންސިލުގެ ރައީސް އަލީ ވަހީދު ބައިވެރިވެފައިވާ ކަން.
• އިވެލުއޭޝަން ކޮމެޓީގެ އެހެން މެންބަރުންވެސް އިބްރާހިމް ވަހީދު އަކީ ކައުންސިލުގެ ރައީސް އަލީ ވަހީދުގެ އެއްބަނޑު އެއްބަފާ ބޭބެކަން އެނގޭކަން އެފަރާތްތަކުގެ ބަހުން އެނގެން އޮތްކަން.
• އިވެލުއޭޝަން ކޮމެޓީގެ ހުރިހާ މެންބަރުންވެސް ވަކި ޝީޓް ތަކުގައި މާކްސް ދީފައިވަނީ އެއްގޮތަށްކަން.
• އަގަށާއި މުއްދަތަށް ޕޮއިންޓް ދީފައިވަނީ ކަނޑައެޅިފައިވާ ކުރައިޓީރިއާ އާ އެއްގޮތަށް ނަމަވެސް އަންދާސީ ހިސާބު ފޯމާއި ސިޓީތައް ފިޔަވައި އެއްވެސް ލިޔެކިޔުމެއް އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިނުވާކަން.
• އިވެލުއޭޝަންގައި ތަޖުރިބާ އާއި ފަންނީ ގާބިލުކަން އަދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަށް ޕޮއިންޓް ދީފައިވާ ކަން.
• ދެ ބެއިންނަށް ލިބޭ ޖުމްލަ ޕޮއިންޓް ދީފައިވަނީ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ތިން ފަރާތަށް އެކަނި ކަން.
• އެ ފަރާތްތަކުގެ ތެރޭގައި އިބްރާހިމް ވަހީދު ހިމެނޭ ކަމަށާއި އިވެލުއޭޝަން ކޮމެޓީން އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށް ނިންމީ ހަތްވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި އިބްރާހިމް ވަހީދުއަށް ކަން.
• އިބްރާހިމް ވަހީދު އާއި މަސައްކަތް ހަވާލުކޮށް ވެފައިވާ އެއްބަސްވުމުގައި އޭދަފުށި ކައުންސިލު އިދާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލީ ވަހީދުކަން އެނގެން އޮތްކަން.

އެހެންވެ މި މައްސަލައިގައި އަމަލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިރު ފައިދާ އެއް ހޯދައދިުމަށް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ އާއި އަންދާސީ ހިސާބު ހުށަހެޅި ގިނަ ފަރާތްތަކުން މަސައްކަތް ހަވާލުކުރި ފަރާތަށްވުރެ ކުޑަ އަގު ހުށަހަޅާފައިވާއިރުވެސް އެ ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާތީ، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިރު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ސަރީއަތަށް ހުށަހެޅުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.