ގޮއިދޫ ސްކޫލުގެ ވޮލީ ޓީމަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް

ގޮއިދޫ ސްކޫލުގެ ވޮލީ ޓީމަށް އރަށުން ހޫނު މަރުހަބާއެއް ކިޔަނީ -- ފޮޓޯ މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމަށް އެރަށުން ހޫނު މަރުހަބާއެއް ކިޔަނީ — ފޮޓޯ މުހައްމަދު ނިޒާމް

 

ވޮލީބޯޅަ އެސޯސިއޭޝަންގެ މައިލޯ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވި ތިން އުމުރު ފުރާއިންވެސް ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ތާރީޚްގައި ރެކޯޑެއް ހޯދި ބ. ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު އިއްޔެ އެނބުރި ރަށަށް އައުމުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ވޮލީ ޓީމުގެ ދަރިވަރުންނާއި އޮފިޝަލުން އިއްޔެ ހެނދުނު ރަށަށް އައިސް ފޭބުމާ އެކު ރަށުގެ ބަނދަރު ސަރަހައްދުން މަރުހަބާ ކިޔުމަށް އެރަށުގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވި އެވެ.

ގޮއިދޫ ސްކޫލުގެ ވޮލީ ޓީމަށް އރަށުން ހޫނު މަރުހަބާއެއް ކިޔަނީ -- ފޮޓޯ މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމަށް އެރަށުން ހޫނު މަރުހަބާއެއް ކިޔަނީ — ފޮޓޯ މުހައްމަދު ނިޒާމް

އެއަށް ފަހު އިއްޔެ ހަވީރު ރަށު ތެރޭގައި ވެހިކަލު ބުރެއް ވަނީ ބާއްވާފަ އެވެ. އަދި ވެހިކަލު ބުރަށްފަހު ގޮއިދޫ ސްކޫލް ވޮލީ ޓީމު ހޯދި ކާމިޔާބީ ފަހާގަކުރުމަށް ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވައިފަ އެވެ.

ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދި ކާޟިޔާބީ ފާހަގަކުރުމަށް ބޭއްވި ވެހިކަލް ބުރު ފޮޓޯ މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ވެހިކަލް ބުރު –ފޮޓޯ މުހައްމަދު ނިޒާމް

 

މިމުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަމާއި އެ އުމުރު ފުރައިގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދައި  16 އަހަރުން ދަށުގެ އަންހެން ޑިވިޝަން މުބާރާތް ކާމިޔާބުކޮށް ގޮއިދޫ ސްކޫލުން ރެކޯޑް ހެދީ މިހާތަނަށް އިންޓަ ސްކޫލްގެ ތާރީޚްގައި ތިން ކެޓަގަރީއަކުން މުބާރާތް ކާމިޔާބު ކުރި ސްކޫލްގެ ޝަރަފު ހޯދައިގެންނެވެ.

ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުން-- މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުން– މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދި ކާޟިޔާބީ ފާހަގަކުރުމަށް ބޭއްވި ވެހިކަލް ބުރު ފޮޓޯ މުހައްމަދު ނިޒާމް
ގޮއިދޫ ސްކޫލުގެ ވޮލީ ޓީމު ހޯދިކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ވެހިކަލް ބުރު ފޮޓޯ މުހައްމަދު ނިޒާމް

 

goidhoo-volley (8)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.