ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ބ. ތުޅާދޫ
ބ. ތުޅާދޫ

ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައިގެން ބ. ތުޅާދޫގެ ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަސައްކަތްކުރަން 9.6 މިލިއަންރުފިޔާއަށް ކެޕިޓަލް އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރުމަށް އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ. ކެޕިޓަލް އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގޑިރެކްޓަރު ސިވަރާޖް މަނިވަންނަން އެވެ.

ތިންރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްއެންވަޔަރމަންޓްމިނިސްޓްރީގައި މިއަދުއޮތްރަސްމިއްޔާތު . ފޮޓޯ /ސަންއޮންލައިން
ތިންރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްއެންވަޔަރމަންޓްމިނިސްޓްރީގައި މިއަދުއޮތްރަސްމިއްޔާތު . ފޮޓޯ /ސަންއޮންލައިން

ތުޅާދޫގައި 355 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި ރަސްމިއްޔާތުގައި ތުޅާދޫއާއެކު އިތުރުދެރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެއެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ށ. ބިލެތްފައްސެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.