ރާއްޖޭގެ އެންމެ މޮޅު ޝެފްގެ އެވޯޑް ސޮބާ އަށް

ސޮބާ އެވޯޑްތަކާއެކު
ސޮބާ އެވޯޑްތަކާއެކު

ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ކަލިނަރީ ޗެލެންޖުގައި ވާދަކުރި ޝެފުންގެ ތެރެއިން ރާއްޖޭގެ އެންމެ މޮޅު ޝެފްގެ އެވޯޑާއި އިތުރު ގިނަ އެވޯޑްތަކެއް ބ. އޭދަފުއްޓަށް އުފަން އަބްދުﷲ ސޮބާހުު ހޯދައިފި އެވެ.

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސާވިސް (މެކްސް) އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލް އޭޝިއާ ފެއާގައި ހިމެނޭ ކަލިނަރީ ޗެލެންޖްގައި ދިވެހި ޝެފުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެކި ގައުމުތަކުން ގާތްގަނޑަކަށް 500 މީހުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީ ޝެފުންނެވެ.

ސޮބާ އަށް ލިބުނު އެވޯޑްތައް
• ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް މެނޭޖްމަންޓް ޝެފް 2015
• ހޮޓް ކުކިންގ ލޭމްބް ގޯލްޑް
• ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް މެނޭޖްމަންޓް (އެފްއެޗްއޭއެމް) ބެސްޓް މޯލްޑިވިއަން ޝެފް
• ވޯލްޑް ޝެފް އެސޯސިއޭޝަން (ވެކްސް) އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރ މެޑަލް

ސޮބާ މި އެވޯޑްތައް ހާސިލު ކުރީ ރާއްޖޭގެ ރިސޯޓްތަކުގައި ޝެފުންގެ ގޮތުގައި މަސައްކަތްކުރާ 450 ޝެފުންނާ ވާދަކޮށްގެންނެވެ.

ސޮބާ އެވޯޑްތަކާއެކު
ސޮބާ އެވޯޑްތަކާއެކު

ސޮނެވާފުށީ ރިސޯޓްގެ ޝޫ ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސޮބާ ބުނީ މިއީ އޭނާގެ ކެރިއާގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށާއި މިއީ ހީވެސް ނުކުރާފަދަ އެވޯޑް ތަކެއް ކަމަށެވެ.

“ވަރަށް ވަރަށް އުފާވެއްޖެ، އެއްގޮތަކަށްވެސް ހިއެއް ނުކުރަން މިފަދަ ގިނަ އެވޯޑް ތަކެއް ލިބޭނެ ކަމަށް، މިއީ މި ކެރިއާގައި ކުރިއަށްދާން ލިބުނު އިތުރު ފުރުސަތު ތަކެއް،” ސޮބާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަޙްމަދު ރަޝީދު. ސީޓްމާގެ

    ޞަބާޙު އަކީ އޭދަފުށީގެ ނަމޫނާ ޒުވާނެއް. ޤައުމީ ރަންމެޑެލް އަކަށްފަހު، ބައިނަލް އަޤްވާމީ ރަންމެޑެލް އެއް ޙާޞިލް ކުރުމުގެ ޢަޒުމުގައި ކުރިޔަށް ދިއުމަށް ހިތްވަރުދެން. ކުރިޔަށް ކުރިޔަށް…….ބާރަށް ކުރިޔަށް

    ރައްދު
  2. ވަކަރު

    ތިޔަފެންނަނީ މި އުފަން އޭދަފުއްޓަށް ބޭނުން ވާ ކަހަލަ ޒުވާން ފިރިހެން ކުދިން .. ތިޔަގޮތުގައި ހުރުމަށް އަބަދުވެސް އެދެން.. މަސްތުވާ ތަކެތިން ދުރުވެ ހުރެ ރަށަށް ފައިދާވާކަހަލަ ހިދުމައްތެރިއަކަށް ވާށެވެ.. ސަބާހުއަށް ހަމަ ސާބަސް. ކުރިއަށް ދިއުމަށް އާއަޒުމެއް އަލުން ފަށާށެވެ.

    ރައްދު
  3. soba

    މުޅި އޭދަފުށި ސޮބާ އަށް ފަޙުރުވެރިވޭ….. ވ ފެނޭ ކައުންސިލުން އިސްނަގައިގެން ރަތްދޫލައިގެ މަރުޙަބާއެއް ސޮބާއަށް އަރުވަން…. މިފަދަ މުހިންމު ކަންކަން ކުރުން އެއީ ވ މުހިންމު ކަމެއް…. މަރުހަބާ ސޮބާ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.