ބ. އަތޮޅު ކައުންސިލު ބަށި މުބާރާތަށް ފުރުސަތު ހުޅުވާލައިފި

އޭދަފުށީގައި ބޭއްވި ބަށި މެޗެއްގެ ތެރެއިން
މިދިޔަ އަހަރުގެ ބަށި މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތް ފަށާނީ ނޮވެމްބަރު 20 ގައި — އީޓީ ފައިލް ފޮޓޯ

 

ބ. އަތޮޅު ކައުންސިލުން ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“ބ. އަތޮޅު ކައުންސިލް ބަށި މުބާރާތް 2015” ގެ ނަމުގައި ބާއްވާ މުބާރާތް ފަށަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް މިއަހަރުވެސް 25،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 15،000ރ. ހުށަހަޅާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އަތޮޅު ކައުންސިލް އިދާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް އަދި ގަވައިދު އެ އިދާރާގެ ވެބް ސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މި މުބާރާތުގެ ބައިވެރިވެވޭނީ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެއް ޓީމަށް ކަމަށް ކައުންސިލު އިދާރާއިން ބުނެ އެވެ.

އަތޮޅު ކައުންސިލު ބަށި މުބާރާތުގެ މިދިއަ އަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ބަށި ޓީމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. alibe

    އެންމެފަހުން ބޭއްވި ބަށި މުބާރާތް2014 ނިންމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އަންނަ އަހަރު 2015 މި މުބާރާތް އަތޮޅުގެ އެހެން ރަށްތަކުން ބޭއްވުމަށް ޝައުވެރިކަން ހުރިނަމަ އެރަށެއްގައި ބޭއްވޭނެ ކަމަށެވެ. މި ކަމުގައި އަތޮޅުގެ އެެއްވެސް ރަށެއްގައި ބޭއްވޭތޯ ބެލިތަ؟؟؟؟؟؟؟ ގޮއިދޫ / ތުޅާދޫ ރަގަޅު ވާނެ ބާއްވާލަން

    ރައްދު
  2. jaabiru

    އެސްޓިއޯއިން ބާއްވަމުން އަންނަ ބަށި މުބާރާތައްވުރެ ހުރިހާގޮތަކުންވެސް ފުރިހަމަ މުބާރާތެއްކަން ފާހަގަކޮށް ބ.އަތޮޅުކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.