ޒުވާނުންގެ މަސްރޭހުގެ އެއް ވަނަ އެސްޓީއޯ އަށް!

ޒުވާނުންގެ މަސްރޭހުގެ ތެރެއިން
ޒުވާނުންގެ މަސްރޭހުގެ ތެރެއިން

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި މަސްރޭހުގެ އެއް ވަނަ އެސްޓީއޯ ޓީމު ހޯދައިފި އެވެ.

39 ކިލޯ 200 ގްރާމުގެ މަސް ބާނައިގެން އޭދަފުށީ އެސްޓީއޯ އިން އެއްވަނަ ހޯދި އިރު، 36 ކިލޯ 300 ކިލޯގެ މަސް ބާނައިގެން މި މުބާރާތުން ދެވަނަ ހޯދީ އޭދަފުށީ ފެނަކަ ޓީމެވެ. ތިން ވަނަ ހޯދީ ބ. އަތޮޅު ކައުންސިލް އިދާރާގެ ޓީމެވެ. އެ ޓީމުން ވަނީ 34 ކިލޯގެ މަސް ބާނައިފަ އެވެ.

މި މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ އެއްވަނަ ހޯދި އެސްޓީއޯ ޓީމުގެ މޫސާ ނަސީރެވެ. އޭނާ ވަނީ 8 ކިލޯ 100 ގްރާމުގެ މަހެއް ބާނައިފަ އެވެ.

ޒުވާނުންގެ މަސްރޭހުގެ ތެރެއިން
ޒުވާނުންގެ މަސްރޭހުގެ ތެރެއިން

ޖުމްލަ 8 ޓީމު ބައިވެރިވި މި މުބާރާތުގެ އެންމެ މަޖާ ހަރަކާތެއް ދެއްކި ޓީމަށް ހޮވުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.

މަސްރޭސް ނިންމާލުމުގެ ގޮތުން އޮފީސްތަކާއި ޒުވާނުން ގުޅިގެން ރޭ ވަނީ ހާއްސަ ބާބަކިއު އެއްވެސް ބާއްވައިފަ އެވެ.

ޒުވާނުންގެ މަސްރޭހުގެ ނިންމުމަށްފަހު ބޭއްވި ބާބަ ކިޔު ގެ ެތެރެއިން
ޒުވާނުންގެ މަސްރޭހުގެ ނިންމުމަށްފަހު ބޭއްވި ބާބަކިޔުގެ ތެރެއިން

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޒުވާނުންގެ ކުޅިވަރު އީދު މިއަދު ހަވީރު ސްޓޭޖް ސަރަހައްދުގައި އޮންނާނެ އެވެ. އަދި ސްޓޭޖް ޝޯ މިރޭ 9:00 ގައި ފަށާނެ އެވެ. މަސް ރޭހުން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ސްޓޭޖް ޝޯގެ ތެރެއިން އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.