ޝެފް ސޮބާއަށް އޭދަފުށިން ރަތް ދޫލައިގެ މަރުހަބާއެއް

ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ -- އީޓީ ފޮޓޯ / ތޯރިގް
ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ — އީޓީ ފޮޓޯ / ތޯރިގް

 

ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު އެންޑް އެގްޒިބިޝަންގެ ކެއްކުމުގެ މުބާރާތުގައި ވާދަކުރި ޝެފުންގެ ތެރެއިން ރާއްޖޭގެ އެންމެ މޮޅު ޝެފްގެ އެވޯޑާއި އިތުރު ގިނަ އެވޯޑްތަކެއް ހޯދި، އަބްދުﷲ ސޮބާހުު އަށް އޭނާގެ އުފަން ރަށް ބ. އޭދަފުށިން މިއަދު ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ -- އީޓީ ފޮޓޯ / ތޯރިގް
ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ — އީޓީ ފޮޓޯ / ތޯރިގް

 

ސޮބާހު މިއަދު ހަވީރު ރަށަށް ޒިޔާރަތްކުރުމުން އޭނާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ރަށުގެ ގިނަ ބަޔަކު އެއްވި އެވެ. ބޮޑުބެރު ހަރަކާތާ އެކު އޭނާގެ އިސްތިގުބާލުގައި އާއިލާގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލު މެންބަރުންނާއި ރަށު ކައުންސިލު މެންބަރުންނާއި އޮފީސްތަކުގެ ވެރިންގެ އިތުރުން ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ -- އީޓީ ފޮޓޯ / ތޯރިގް
ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ — އީޓީ ފޮޓޯ / ތޯރިގް
ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ -- އީޓީ ފޮޓޯ / ތޯރިގް
ސޮބާ ރަށަށް އައުމުން މަރުހަބާ ކިޔަނީ — އީޓީ ފޮޓޯ / ތޯރިގް

ސޮބާހު އަށް މަރުހަބާ ކިޔުމުގައި އެންމެ އިސްކޮށް ތިބީ އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެންބަރުންނެވެ.

ރަސްމީ ފާލަން ސަރަހައްދަށް މަރުހަބާ ކިޔުމަށް ތިބި އާއްމުންނާ ސަލާމްކުރުމަށްފަހު ވެހިކަލު ބުރަކާއެކު ސޮބާ ގެއާ ހަމައަށް ދިޔައިރު ބޮޑުބެރުގެ އައިޓަމު ތަކެއްވެސް ކުރިއަށްދިޔަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ކައްކާއިން ބައިވެރިވެގެން ބޭއްވި މި ކެއްކުމުުގެ މުބާރާތުން މުޅި ރާއްޖޭއިންން އެންމެ މޮޅު ޝެފްގެ އެވޯޑް ސޮބާ ހޯދީ 450 އަށް ވުރެ ގިނަ ދޭސީ އަދި ބިދޭސީ ޝެފުންނާ ވާދަކޮށްގެންނެވެ.

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖު އެންޑް އެގްޒިބިޝަން އިން ސޮބާ އަށް ލިބުނު އެވޯޑްތައް

• ބެސްޓް މޯލްޑިވިއަން ޝެފް
• ބެސްޓް ޝެފް 2015
• ހޮޓް ކުކިންގ ލޭމްބް ގޯލްޑް
• ވޯލްޑް ޝެފް އެސޯސިއޭޝަން (ވެކްސް) އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރ މެޑަލް

2

ސޮނެވާފުށީ ރިސޯޓްގެ ޝޫ ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސޮބާ ބުނީ މިއީ އޭނާގެ ކެރިއާގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށާއި މިއީ ހީވެސް ނުކުރާފަދަ އެވޯޑް ތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.