ޒުވާނުންގެ ދުވަސް އޭދަފުށީގައި ކުލަގަދަކޮށް ފާހަގަކޮށްފި

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އޭދަފުށީގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އޭދަފުށީގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަ ހަރަކާތްތަކާ އޭދަފުށީގައި ފާހަގަކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް އޭދަފުށީގައި ފެށީ އެދުވަހުގެ ފަތިސް ނަމާދަށްފަހު ކުރެވުނު ހާއްސަ ދުއާ އަކުންނެވެ.

ދެން އޮތީ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަސްރޭހެކެވެ. ސަރުކާރު އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި މަސްރޭހުން އެއްވަނަ ހޯދީ އެސްޓީއޯގެ މަސް ޓީމެވެ. މަސްރޭހަށް ފަހު ހުރިހާ ޒުވާނުން އެކުގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ޔޫތު ސެންޓަރުގެ ގޯތި ތެރޭގައި ބާބަކިއު އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ހަވީރުގެ ތެރެއިން
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ހަވީރުގެ ތެރެއިން

މީގެ އިތުރުން ހުކުރު ދުވަހު ހަވީރު ވަނީ ޒުވާނުންގެ ކުޅިވަރު ހަވީރެއް ބާއްވައިފަ އެވެ. ޒުވާނުންގެ ބައިވެރިވުން ހިމެނޭގޮތަށް މި ހަވީރުގައި ފުޓްބޯޅަ، ފިރިހެންނުންގެ ބަށި، މިޔުޒިކަލް ޗެއާ، ހަން ފެޅުން، ވާދެމުން، ކާށި އެހުން ފަދަ ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ސްޓޭޖް ޝޯ އެއްވެސް ބާއްވައިފަ އެވެ. މި ޝޯ ގައި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ރަށުގެ ޒުވާނުންގެ ފަރާތުން އައިޓަމްތަކެއް މުނިފޫހި ފިލުމުގެ އައިޓަމުތަކެއް ބާއްވައިފަ އެވެ.

ޒުވާންގެ ސްޓޭޖް ޝޯވ
ޒުވާންގެ ސްޓޭޖް ޝޯވ

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ނިންމާލީ އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރަކަށް ފަހު އެވެ. ” މަސްތުވާ ތަކެއްޗާ ދެކޮޅަށް ޒުވާނުން” މި ޝިއާރުގެ ދަށުން އިއްޔެ ހަވީރު ބޭއްވި ސަައިކަލު ބުރުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.
Youth day

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި ހަރަކާތްތަކަކީ ކައުންސިލުން އިސްނަގައިގެން ޒުވާނުންނަށް އަމާޒުކޮށްގެން މިހާތަނަށް ބޭއްވި އެންމެ ބޮޑު ހަރަކާތެވެ. އަދި މިހާ ކުލަގަދަ ގޮތެއްގައި ޒުވާނުންގެ ދުވަސް ފާހަގަކުރެވުނީ، މި ހަރަކާތްތަކަށް ރަށުގެ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމުން ކަމަށްވެސް ރަށު ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.