ޕްރީ ސްކޫލްތައް ސްކޫލްތަކުގެ ބެލުމުގެ ދަށުން ބަދަލުކުރަނީ

ބަހިއްޔާ ޕްރީ ސްކޫލް
ބަހިއްޔާ ޕްރީ ސްކޫލް

ރާއްޖޭގެ އަތޮޅުުތަކުގައި ހުރި ޕްރީ ސްކޫލްތައް އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް އެޑިޔުކޭޝަނުން މިނިސްޓްރީން ނިންމައިފަ އެވެ.

ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޕްރީ ސްކޫލްތައް މިހާރު ވެސް ހިންގަނީ ދައުލަތުން އެހީ ދީގެން ކަމަށެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލް ހިންގުމުގެ ހަރަދާއި ޓީޗަރުންގެ މުސާރަ ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ހަވީރުގައިވެއެވެ.

އެގޮތުން ޕްރީ ސްކޫލްތަކަކީ މިހާރު ވެސް އެހީ ދެވެމުން އަންނަ ތަންތަންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަންތަން ހިންގުމުގެ ހަރަދާއެކު 2015 ގައި 75 މިލިއަން ރުފިޔާގެ ބަޖެޓެއްގައި އެކަން ކުރަމުން އަންނަ ކަމަށެވެ.
“އެހެންވީމަ މިހާރު ވެގެންދާ ގޮތަކީ ޕްރީ ސްކޫލްގެ ނާސަރީ އާއި އެލްކޭޖީ އާއި ޔޫކޭޖީ ސްކޫލްގެ ތެރެއަށް ވަދެގެން ދިއުން،” މިނިސްޓަރު ވިދާޅުވި އެވެ.

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް:
ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް:

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ ގްރޭޑް އެކަކަށް ދަރިވަރުން ވަންނައިރު، އެ ކުދިންނަކީ އެކަށީގެންވާވަރަށް ތައްޔާރީތައް ވެގެން ތިބި ކުދިންނަށް ހެދުމެވެ. އަދި އެއީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަށް ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ނަގާނީ ކޮންޓްރެކްޓްގެ އުސޫލުން ކަމަށާއި އެ މުއްދަތުގައި ޓީޗަރުން ތަމްރީންކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ބަދަލުގެ ސަބަބުންދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކޮށް ހިފެހެއްޓުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި ޕްރީސްކޫލްގެ މަރުހަލާއިން ފެށިގެންވެސް ރަނގަޅު ވަޞީލަތްތައް ޤާއިމްވެފައިވާ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

“އަދި ޕްރީސްކޫލް މަރުހަލާއާއި ސްކޫލްގެ ގްރޭޑް 1 ގެ މަރަހަލާ ރަނގަޅަށް ގުޅިގެން ދިއުމަކީވެސް މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ފައިދާއެއް.” މިނިސްޓަރު ވިދާޅުވި އެވެ.\
ޕްރީ ސްކޫލް ޤާނޫނު ބުނާގޮތުން ޕްރީސްކޫލް އުމުރުފުރަޔަކީ 4 އަހަރާ 6 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެއީ ޔޫކޭޖީ އަދި އެލްކޭޖީ އުމުރުފުރާ އެވެ.

ރަށްރަށުގެ ގިނަ ޕްރީ ސްކޫލްތައް މިހާރު ހިންގަނީ ރަށު ކައުންސިލުންނާނއި އަމިއްލަ ފަރާތްތަކުންނެވެ. ރަށްރަށުގައި ހިންގާ ސްކޫލްތަކުގެ ބެލުމުުގެ ދަށުން ޕްރީ ސްކޫލްތައް ހިންގަން ނިންމި ނަމަވެސް މާލޭގައި ޕްރީ ސްކޫލް ހިންގުމުގެ އުސޫލަށް އަންނަ އަހަރު ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ali

    މިހާރު ތިބި ޓީޗަރުންގެ ވަޒީފާ ލިބޭނެބާ؟ ޕްރީ ސްކޫލުގެ ފެންވަރު ވަރަށް ދަށް ، ޒަމާނީ ފަހުގެ އިމާރާތެއް އަދި ވަސީލަތްތައް ހުރި ތަނެއްގައި އެފެންވަރުގެ ޓީޗަރުން ނެތިއްޔާ ކުދިންގެ ފެންވަރު ދާނީ ދަށަށް ، ރަޒީނައްތަ މެން ވޮށުފިލާ އެޅި ދަރިވަރުން މިހާރުވެސް މާ މޮޅު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.