ތިމާވެށީގެ މަހާސިންތާގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވަނީ

ތިމާވެށީގެ މަހާސިންތާގައި ބައިވެރިވާ ތައުލީމީ މަރުކަޒުގެ ދަރިވަރުން ޕްރެޒެންޓޭޝަން ތައްޔާރުކުރަނީ -- ފޮޓޯ / ބއތމ
ތިމާވެށީގެ މަހާސިންތާގައި ބައިވެރިވާ ތައުލީމީ މަރުކަޒުގެ ދަރިވަރުން ޕްރެޒެންޓޭޝަން ތައްޔާރުކުރަނީ — ފޮޓޯ / ބއތމ

ސްކޫލު ދަރިވަރުންގެ މެދުގައި ތިމާވެއްޓާބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށްްޓަކައި އެޑިޔުކޭޝަން މިނިސްޓްރީ އާއި ތިމާވެއްޓާބެހޭ މިނިސްޓްރީ ގުޅިގެން ބާއްވާ މަހާސިންތާގައި ބައިވެރިވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 5 ދަރިވަރަކު މިއަދު މާލެއަށް ހިނގައްޖެ އެވެ.

މާދަމާ ދަރުބާރުގޭގައި ކުރިއަށް ގެންދާ މި މަހާސިންތާ ގައި އެސްކޫލުން ބައިވެރިވެފައިވަނީ އެ ސްކޫލުގެ ގްރޭޑް 12 ގެ ފަސް ދަރިވަރުންނާއި މުދައްރިސެކެވެ.

މަހާސިންތާގައި ބައިވެރިވާ ދަރިވަރުން:

• އިޒުހާތު ޝަމީމް، އިރުދޭމާގެ ބ/ އޭދަފުށި
• މުހައްމަދު ނަޒީހް، ހުވަނދުމާގެ / ބ. ކިހާދޫ
• އަޝްހަދު ޢަލީ، އަލިތަރި ބ/ އޭދަފުށި
• އައިމިނަތު ޝީނީޒް، ހަލީމާހައުސް / ބ. އޭދަފުށި
• ފާޠިމަތު ޒަހުރާ، އަޅިފަށުވިގެ / ހއ. ހޯރަފުށި

ތިމާވެއްޓާބެހޭ ގޮތުން ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އަދި ހުކުރު ދުވަހު ނިމޭ މި މަހާސިންތާގައި ކޮންމެ ސްކޫލަކުންވެސް ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ޕްރެޒެންޓޭޝަން ތައްޔާރުކޮށްފައިވަނީ “ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތް” މި މައުލޫއަށް ކަމަށް އެ ސްކޫލުން ބުންޏެވެ.

މި މަހާސިންތާގެ މަގުސަދު ތަކުގެ ތެރޭގައި ސްކޫލުތަކުގެ ތިމާވެށީގެ ކްލަބުތައް ބާރުވެރި ކުރެވޭނެ މަގުތައް ހޯދައި، ދަރިވަރުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތިމާވެއްޓާބެހޭ މިނިސްޓްރީގެ ދައުރު ފުޅާކުރުން ހިމެނެ އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގައި ސްކޫލް ދަރިވަރުންގެ އިސްނެގުމުގައި އެ ކުދިންގެ ދައުރު ފުޅާކުރުންވެސް މަހާސިންތާގެ މަގު ސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.