އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް ބަށި މުބާރާތް ފްރެންޑްސް ކާމިޔާބުކޮށްފި

ފްރެންޑްސް ޓީމަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ތަށި ހަވާލުކޮށްދެއްވަނީ. --އީޓީ ފޮޓޯ: ތޯރިގް
ފްރެންޑްސް ޓީމަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ތަށި ހަވާލުކޮށްދެއްވަނީ. –އީޓީ ފޮޓޯ: ތޯރިގް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު، ރަން ޔޫބީލް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން ބޭއްވި “އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް 2015″ ބަށި މުބާރާތުގެ ޗެމްޕިއަންކަން އެމްއޭ ޔުނައިޓެޑް ޓީމު ބަލިކޮށް ފްރެންޑްސް
ޓީމުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު އޭދަފުށީގައި ކުޅުނު ފައިނަލް މެޗު ފްރެންޑްސް ޓީމުން ކާމިޔާބުކުރީ 28 ލަނޑު 11 ފޯލި ހަދައިގެންނެވެ. އެމްއޭ ޔުނައިޓް ޓީމަށް ހެދުނީ 25 ލަނޑު ދެ ފޯއްޔެވެ.

އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށް ހޮވުނީ އެމްއޭ ޔުނައިޓެޑް ޓީމުގެ އައިޝަތު ޝަމްހާއަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ. --އީޓީ ފޮޓޯ: ތޯރިގް
އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށް ހޮވުނީ އެމްއޭ ޔުނައިޓެޑް ޓީމުގެ އައިޝަތު ޝަމްހާއަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ. –އީޓީ ފޮޓޯ: ތޯރިގް

މި މުބާރާތުގެ ބަށި ރާނީ ނުވަތަ އެންމެ މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފްރެންޑްސް ޓީމުގެ އައިޝަތު ނަޖުދާ އެވެ. އޭނާ މި މަގާމަށް ހޮވުނީ ޖުމްލަ 653 ޕޮއިންޓާއެކު އެވެ.

މުބާރާތުގެ ބަށި ރާނީއަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ. --އީޓީ ފޮޓޯ: ތޯރިގް
މުބާރާތުގެ ބަށި ރާނީއަށް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ނަސްރާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ. –އީޓީ ފޮޓޯ: ތޯރިގް

އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށް ހޮވުނީ އެމްއޭ ޔުނައިޓެޑް ޓީމުގެ އައިޝަތު ޝަމްހާ އެވެ. ޝަމްހާ ވަނީ މުބާރާތުގައި ޖުމްލަ 95 ފޯލި ހިފައިފަ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ދަނާލު ޓީމުގެ އާމިނަތު މޫސާ އެވެ.

ޗެމްޕިއަން ފްރެންޑްސް ޓީމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ދިން އިރު ދެ ވަނަ ޓީމަށް ފަސްހާސް ރުފިޔާ ދިނެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބަށި ރާނީއަށް 1000ރ. ދިނެވެ. ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ނަސްރާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.