ތަޖުރިބާ ދަތުރެއްގައި އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ލަންކާއަށް

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން ބައްދަުވުމެއްގައި.
ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން ބައްދަުވުމެއްގައި.

 

ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސްރީ ލަންކާ އަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީީ އެތަނުގެ މެނޭޖުމަންޓުގެ ބައެއް މުވައްޒަފުންނާއި އެހެނިހެން ޑިޕާޓްމަންޓައް ހިމެނޭގޮތަށް 9 މުވައްޒަފުން މި ދަތުރުގައި ބައިވެރިވާނެ ކަމަށެވެ.

ސެޕްޓެމްބަރު 3 ން 9 އަށް ކުރާ މި ދަތުރުގައި އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސްރީ ލަންކާގެ ބައެއް މަޝްހޫރު ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް ސިއްހީ ދާއިރާގެ މައުލޫމާތު ހޯދައި ގުޅުން ބަދަހި ކުރާނެ އެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލު ހިންގުމަށް ބޭނުންވާ އިތުރު ތަމްރީނު ހޯދުމަކީވެސް މި ދަތުރުގެ ބޭނުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަދި މީގެ އިތުރުން ލަންކާގެ މުނިސިޕަލް ކައުންސިލް އޮފް ކޮލަމްބޯއަށް ޒިޔާރަތްކޮށް ޕަބްލިކް ހެލްތާގުޅޭ މައުލޫމާތު އެއްކުރާނެ ކަމަށްވެސް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. ނަސީރު

    މިފަދަ ދަތުރެއް ރާވާ އިންތިޒާމް ކުރެއްވި ކަމަށްޓަކައި ހޮސްޕިޓަލް މެނޭޖްމަންޓްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

    ރައްދު
  2. Team

    ދަތުރާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސީނިއާ ސްޓާޕް މީޓިންގައި ވަނީ ހިއްސާކުރެވިފައި. ވަރަށް ޕޮޒިޓިވް.
    ބެސްޓް ހޮސްޕިޓަލް އެންޑް ބެސްޓް ހެލްތް ޕްރޮމޯޝަން އެވޯޑް އޮންލީ ހޮސްޕިޓަލް ރިސީވްޑް އެމޯންގް ދަ އޯލް އެޓޯލް ހޮސްޕިޓަލްސް އޮފް ސަރުކާރު ހޮސްޕިޓަލް….. ވަހީދު، ސިދުގީ،މޯޑް ތިޔައީ ލީޑަރުންނޭ ނުވަތަ ޒަޢީމުންނޭ މިއަދު މިހޮސްޕިޓަލް ފަހުރުވެރިވާ…… ދަތުރުކުރިއަށް ބާރަށް ކުރިއަށް…..ހަބޭސް……. ހުރިހާ ބައިވެރިންނަށް ނިޔާމަ ދަތުރަކަށް އެދެން

    ރައްދު
  3. ރަމްލާ

    ތި ދަތުރަކީ މީހުނަށް ސަލާންޖަހައިގެން ކުރަންއުޅޭ ދަތުރެއް. ތިވަރުން ތި ދަތުރު ނުކުރީމަނިމުނީނު. ހުރިހާ ލަދެއްގަންނަންމިޖެހެނީ އަހަރެމެން މުވައްޒަފުން، ހާއްސަކޮށް އޮޅުވާލައިގެން ތިކަންކުރަން އުޅޭތީ މައްސަލަ އަކީ. ބޯހަލާކު،

    ރައްދު
  4. މައިމޫނާ

    ޑިއަރ ޑިރެކްޓަރ……….. ދަތުރަށް ބައިވެރިން ސެލެކްޓް ކުރެއްވިގޮތް އަންގަވާ ދެއްވައިފިނަމަ ވަރަށްބޮޑަށް ޝުކުރުވެރިވާނަން….

    ރައްދު
  5. bakuru

    މަ ވަރަށް މައުލޫމާތު ހޯދައިފިން އެތާ މުވައްޒަފުންނާ ވާހަކަ ދައްކައިގެން. ވަރަށް ހިތްހަމަ ނުޖެހިފަ ތިބީ މުވައްޒަފުން. ކޮންމެ ސެކްސަނަކުން މީހަކު ގެންދާނަމޭ ކިޔާފަ ވަކިބަޔަކޯ ގެންދަނީ. އެއްތަނަކުން ތިން ހަތރު މީހުން. ސެކްސަންތކަށް ބަހާލިއްޔޯ. ސާބަހޭ ކުޑަ ވަހީދު، މޯޑު، ސިދުގީ.. ކުޅިވަރު ކުޅެލާތި. ބާރު އޮތް ދުވަސް…

    ރައްދު
  6. bakuru

    މަ އަޑުއެހިން ތިދަތުރުދާ މީހުން އަމިއްލަޔަށް ހޯދި ފައިސާއިންނޭ ދަތުރު ދަނީ. އެމީހުން ބޭނުންބަޔެއް ގެންދެވޭނެޔޯ. ބޭނުންމީހަކޯ ގެންދާނީ. ހަމަ ސޮޕިންއަށީ ދަނީ.. އެއްކަމެއްވެސް ނުކުރެވޭނެޔޯ. ތިހެންކިޔާލަ ކިޔާލަ ތިބޭށޯ ޖެހޭނީ.

    ރައްދު
  7. ވަޒަން

    ތަޖުރިބާ ދަތުރެއްނޫން. މަޖާކުރަން ސޮޕިންއަށް ދާ ދަތުރެއް. މުވައްޒަަފުން ސެލެކްޓް ކުރީވެސް އެއްވެސް ހަމައެއްނެތި. ވަރަށް ނާއިންސާފުން ކުރިކަމެއް. ބޭނުންވާ މީހުންކޮޅު ނަގައިގެން މަޖާކުރަންދާ ދަތުރެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.