ޖޭޕީން ވަކިވެ އަފްޒަލް އެމްޑީއޭ އަށް ސޮއިކޮށްފި

ބ. އޭދަފުށީ ކައުންސިލް މެންބަރު އަހުމަދު އަފްޒަލް އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު ޕާޓީގެ ލީޑަރު ސިޔާމަށް ފޯމު ހަވާލުކުރައްވަނީ --- ސަން ފޮޓޯ
ބ. އޭދަފުށީ ކައުންސިލް މެންބަރު އަހުމަދު އަފްޒަލް އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު ޕާޓީގެ ލީޑަރު ސިޔާމަށް ފޯމު ހަވާލުކުރައްވަނީ — ސަން ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ބ. އޭދަފުށީ ކައުންސިލަށް ހޮވުނު އަހްމަދު އަފްޒަލް އެމްޑީއޭ އަށް ސޮއިކޮށްފި އެވެ.

އަފްޒަލް އެމްޑީއޭ އަށް ސޮއިކުރެއްވީ އެމްޑިއޭ އަށް މެމްބަރުން އިތުރުކުރުމަށް މިހާރު ކުރިއަށްދާ ހާއްސަ ހަރަކާތުގެ ތެރެއިން އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އަފްޒަލް އެމްޑީއޭ އަށް ސޮއިކުރެއްވުމުން އެ ކައުންސިލްގައި އަފްޒަލުގެ އިތުރުން މިހާރު ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީޕީގެ މެންބަރެކެވެ.

އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު އަންނަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ބ. ފެހެންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރަކުވެސް އިއްޔެވަނީ އެމްޑީއޭ އަށް ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އާނިސަާ

    ބުރަމަސައްކަތުން ހޮވީމަ ތިހެދީކިހިނެއް؟؟؟؟؟؟ދެންއަނެއްކާ މާދަމާ ވާނީކިހިނެއް ހާދައަގެއްވެސް ނެތޭދޯ….ދެން މޮހޮނަބާ ދާނީ…..ބޯހަލާކު ތިކުރާކަންތަކުން….ޕާޓީއިން ކުރިހަރަދު ކިހިނެއް ދޭންހަދާނީ؟؟؟؟؟މިއޮއްޒަމާނެއްތާ؟؟؟؟މަވާސަލާން……………

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.