އަންނަ މަހުން ފެށިގެން ވައްދޫ އަށް ކުނި އުކާލަން ފަށަނީ

ޓެސްޓް ކުރުމުގެ ގޮތުން އޭދަފުށީގައި ކުނި ކޮމްޕޯސް ކުރަނީ
ޓެސްޓް ކުރުމުގެ ގޮތުން އޭދަފުށީގައި ކުނި ކޮމްޕޯސް ކުރަނީ

 

ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނި އަންނަ އޮކްޓޯބަރުމަހުން ފެށިގެން ރ. އަތޮޅު ވަންދޫ ކުނިމެނޭޖްކުރާ ސެންޓަރަށް ގެންދަން ފަށާނެކަމަށް އެންވަޔަރުމެންޓް މެނޭޖްމަންޓް ޕްރޮޖެކްޓުން ބުނެފި  އެވެ.

މޯލްޑިވްސް އެންވަޔަރުމެންޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ސްޕެޝަލިސްޓް ކޯޑިނޭޓަރ އަހްމަދު ނިޒާމް ވިދާޅުވީ އޮކްޓޯބަރުމަހު ޓެސްޓަށް ކުނި އުފުލަން ފެށިނަމަވެސް މި މަސައްކަތް ހަމަޖެހޭ ގަވާއިދަކުން ކުރިޔަށް ގެންދަން ފަށާނީ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކަމަށެވެ.

ބ. މާޅޮސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު
ބ. މާޅޮސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު

ނިޒާމު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ވަންދުއަށް ކުނި އުފުލުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނަ އަންނަ ކަމަށާއި، މި ޕްރޮޖެކްޓްގެ ދަށުން ނ، ރ، ބ، އަދި ޅ އަތޮޅުގެ ސާޅީސް ހަރަށަކުން ވަންދޫއަށް ކުނި ގެންދާނެ އެވެ.

އޭނާ ވިދާޅުވީ ކުނި އުފުލުމުގެ މަސައްކަތް ފެށުމުގެ ކުރިން ރީޖަންގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާނޭ ފަރާތްތަކަށް ބޭނުންވާ ޓްރޭނިން ދެވިފައިވާކަމަށާއި ބައެއް ރަށްރަށުން ރަށުފެންވަރުގައި މިހާރުވެސް ކުނި މެނޭޖްކުރަމުންދާ ކަމަށެވެ.

ނިޒާމް ވިދާޅުވީ ވޯލްޑް ބޭންކްގެ ލޯންއެހީގެ ދަށުން ކުރިޔަށްގެންދާ މި ޕްރޮޖެކްޓަށް ދިހަ މިލިޔަން ޑޮލަރު ހަރަދުވެފައިވާއިރު ވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ރީޖަންގެ ސާޅީސް ހަރަށުގައިވެސް ކުނި މެނޭޖްކުރާ ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. AHMED NADEEM

    އުފާވެރި ޚަބަރެއް. އެކަމަކު ކައުނަސިލްތަކުގެ ޒިއްމާ ބޮޑު! އާންމުން ކުނިގޮޑަށް ކުނި އެޅުމިގައި އުސޫލްތަކެއް ގާއިމްކޮށް އެ އުސޫލްތަކަށް އާންމުން ހޭލުންތެރި ކުރައްވާ! ޑޯޓުދޯ ކެމްޕޭނެއް މުހިއްމު. ކައުންސިލްއަށް އެހީތެރިކަން ބޭނުންވާނަމަ އަޅުިގަނޑު ތައްޔާރު. ފެށުން ގޯސް ވެއްޖެނަމަ މެނޭޖުކުރަން ވަރަށް އުނދަގޫވާނެ. ހަރުދަނާކަމާއެކު ފިޔަވަޅުއެޅުން މހިއްމު. ކައުންސިލް ބާރުވެރިވުމް ބިނާވެފައި އޮންނާނީ ހަރުދަނާކަމާއެކު އެޅޭ ފިޔަވަޅުތަކުގެ މައްޗަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.