ދެވަނަ ފިޔަވަހީގެ ރިވެޓްމަންޓް އަލުން ޖެހުމަށް ހޯގާޑަށް އަންގައިފި

އޭދަފުށީ ހިއްކިބިމުގައި ހޯގާޑުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
އޭދަފުށީ ހިއްކިބިމުގައި ހޯގާޑުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

 

ބ. އޭދަފުށީ ހިއްކިބިމުގައި ޖަހާ ރިވެޓްމަންޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ފެންވަރު ދަށްވުމާ ގުޅިގެން އެ މަސައްކަތް އަލުން ކުރުމަށް ހައުސިން މިނިސްޓްރީން ހޯގާޑް ކުންފުންޏަށް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީން ކޮންޓްރެކްޓަރަށް މި މަސައްކަތް އަލުން ކުރުމަށް އަންގާފައި މިވަނީ މި މަސައްކަތުގެ ފެންވަރުދަށްކަމަށްބުނެ އޭދަފުށިގެ ބައެއް އާއްމު ފަރާތްތަކުން ކައުންސިލުގައި  ފާޅުކޮށްފައި ވަކިކޮށެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަލުން ކުރުމަށް އެންގީ އެ މަސައްކަތުގެ ދަށުން 20 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވަނިކޮށް ހައުސިން މިނިސްޓްރީގެ ޓީމެއް އޭދަފުއްޓަށް ކުރި ދަތުރުގައި އެކަން ބެލުމަށްފަހު އެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައިސް މުހައްމަދު ނައުރީފް ވިދާޅުވީ ރައްޔިތުންގެ ޝަކުވާއާއި ގުޅިގެން ހައުސިން މިނިސްޓްރީން އޭދަފުއްޓަށް ދިޔަ ޓީމުން ބެލިބެލުމުން މަސައްކަތުގެ ފެންވަރު ދަށްވުމުގެ އިތުރުން، އިތުރު ކަންކަންވެސް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނައުރީފް ވިދާޅުވި ގޮތުގައި މިހާރު ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދަށް އަޅާފައިވާ ހިލަ ކުދިވުމާއި، ހިލަޖެހުމުގެ ކުރިން މޫދުތެރެ އެއްވެސް ވަރަކަށް ނުކޮންނަ މައްސަލައިގެ އިތުރުން ހިލަ ޖަހާ ބޯމިނުގެ މައްސަލަވެސް ހައުސިން މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށެވެ.  އަދި މި މަސައްކަތް ހައުސިން މިނިސްޓްރީން އެދޭ ފެންވަރަށް ރަނގަޅު ކޮށްދޭނެކަމުގެ ޔަގީންކަން ހޯގާޑް ކުންފުނީގެ އިސްވެރިން މިއަދު ކައުންސިލަށް ދީފައިވާކަމަށްވެސް ނައުރީފް ވިދާޅުވި އެވެ.

އޭދަފުށީގެ ހިއްކިބިމުގެ ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯގާޑުން މިރަށުގެ ދެކުނުފަރާތުގެ 1300 މީޓަރު ދިގު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.

ރިވެޓްމަންޓް ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވަނީ ގާތްގަޑަކަށް ނިމިފަ އެވެ. އެ މަސައްކަތްުގެ ފެންވަރު ވަރަށް ރަނގަޅުކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ބުއްދި

    ހިލަޖަހާތަން ބައްލަވާލައްވަން ނައުރީފް އެއްފަހަރުވެސް އެސަރަޙައްދަށް ދުރުވިންތޯ؟ 7 ކައުންސިލަރުން ތިބޭއިރު އެކަން ބަލަން އެއްވެސް ކައުންސިލަރަކު ދުުރުވިތޯ؟ އިންޓަރވިއު ދޭންވާނީވެސް ” އެކަން ކުރާގޮތް ރަގަޅަށް ބައްލަވާފައިކަމަށް އަޅުގަނޑުދެކެން (.) ނައުރީފަކީ ނިދައިފިއްޔާ ހޭލަންއެގޭ މީހެއްނޫން. އަދި ހޭލައިފިއްޔާ ނިދަންވެސް އެގޭމީހެއްނޫން. ދެން ކޮން އިންޓަރވިޔޫއެއްދެވޭނީ . ލަލަލަލަލާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.