ސޮނެވާފުށީގައި ބިއްލޫރިން ތަކެތި އުފައްދާ ސްޓޫޑިއޯއެއް ހުޅުވައިފި

ސޮންވާފުށީގައި ހުޅުވި "ގްލާސް ބްލޮވިން" ސްޓޫޑިއޯ- ފޮޓޯ / ސޮނެވާފުށި
ސޮންވާފުށީގައި ހުޅުވި “ގްލާސް ބްލޮވިން” ސްޓޫޑިއޯ- ފޮޓޯ / ސޮނެވާފުށި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިއްލޫރިން ތަކެތި ހެދުމުގެ މަސައްކަތް ކުރާ ސްޓޫޑިއޯއެއް ބ. އަތޮޅުގެ ސޮނެވާފުށި ރިސޯޓުގައި ހުޅުވައިފި އެވެ.

ސޮނެވާގެ ބާނީ އަދި ސީއީއޯ ސޯނޫ ޝީވްދާސާނީ ވިދާޅުވި ގޮތުގައި މި ސްޓޫޑިއޯގައި އެއްޗެހި އުފައްދާނީ އެ ރިސޯޓާއި މި އަތޮޅުގެ އެހެން ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުންނަ ބިއްލޫރި ތަކެތި ރިސައިކަލް ކޮށްގެންނެވެ.

ސޮނެވާފުށީ ރިސޯޓުން ބުނިގޮތުގައި މި ސްޓޫޑިއޯގައި “ގްލާސް ބްލޮވިން”ގެ މަސައްކަތްތައް ގެސްޓުންނަށް ދައްކާލުމާއި އެމީހުންނަށް އޭގައި ބައިވެރިވެ ވެ އެވެ. އަދި ބޭރުގެ އާޓިސްޓުންނާއި ދިވެހި އާޓިސްޓުންގެ މަސައްކަތް ދައްކާލަން ކުޑަ މައުރަޒެއް ވެސް މި ސްޓޫޑިއޯގައި ކުރިއަށް ގެންދެ އެވެ.

ސޮންވާފުށީގައި ހުޅުވި "ގްލާސް ބްލޮވިން" ސްޓޫޑިއޯ- ފޮޓޯ / ސޮނެވާފުށި
ސޮންވާފުށީގައި ހުޅުވި “ގްލާސް ބްލޮވިން” ސްޓޫޑިއޯ- ފޮޓޯ / ސޮނެވާފުށި

މި ސްޓޫޑިއޯގެ ބޭނުމަކީ ސޮނެވާފުށިން ބުނިގޮތުގައި ކުރިން ބޭނުންކޮށްފައި ހުރި އާދައިގެ ބިއްލޫރި ބޭނުންކޮށްގެން ގެސްޓުން ބޭނުންވާ ޑިޒައިނަކަށް ރީތި އަދި އަގުހުރި އަމިއްލަ އުފެއްދުމެއް ހަދާލުމެވެ.

ސޯނޫ ވިދާޅުވި ގޮތުގައި ބ. އަތޮޅުގެ ރިސޯޓުތަކުގައި އެކަނި ވެސް ފަސް ޓަނަށް ވުރެ ގިނައިން ބިއްލޫރީގެ ބާވަތްތައް އުކާލަ އެވެ. އަދި އެ ރިސޯޓުން އުކާލާ ކުނީގެ 80 ޕަސެންޓު ތަކެތި އެހެން ގޮތްގޮތަށް ބޭނުންކުރާތީ އެކަމާ މެދު އޭނާ ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ހާއްސަ މައުރަޒްތަކާއި ތަމްރީން ކްލާސްތައް ހިންގާނެ އެވެ. އަދި ތަޖުރިބާ ލިބިފައިވާ އާޓިސްޓުން ހިމަނައިގެން ކޮންމެ އަހަރަކު އެއް ފަހަރު ބޮޑު މައުރަޒެއް ބާއްވަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވި ގޮތުގައި މި ސްޓޫޑިއޯގައި އުފައްދާ ތަކެތި ރިސޯޓު ޒީނަތްތެރި ކުރުމަށާއި ރެސްޓޯރަންޓުގައި ބޭނުންކުރާނެ އެވެ.

މިދިޔަ މަހު ހުޅުވި މި ސްޓޫޑިއޯ އަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ އިރު މި މަސައްކަތުގައި ގެސްޓުންނަށް އަމަލީ ގޮތުން ބައިވެރިވެވޭނީ އަންނަ މަހުން ފެށިގެންނެވެ. އަދި މި ކަމަށް ޝައުގުވެރިކަން ހުންނަ ދިވެހިންނަށް އެ ފުރުސަތު ވެސް ސޮނެވާ އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.