ގޮއިދޫގައި ޕީޕީއެމް/އެމްޑީއޭގެ ޖަގަހައެއް ރައީސް ހުޅުވައިދެއްވައިފި

ރައީސް ޔާމިން އިއްޔެ ގޮއިދޫއަށް ވަޑައިގެން އެރަށުގައި ޕީޕީއެމް/އެމްޑީއޭ ޖަގަހަ ހުޅުވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމިން އިއްޔެ ގޮއިދޫއަށް ވަޑައިގެން އެރަށުގައި ޕީޕީއެމް/އެމްޑީއޭ ޖަގަހަ ހުޅުވައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ބ. ގޮއިދޫގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ޖަގަހައެއް ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވައިފި އެވެ.

ރ އަދި ނ. އަތޮޅަށް އަންގާރަ ދުވަހު ފެއްޓެވިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ގޮއިދޫއަށް ވަޑައިގެން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޖަގަހަތަކުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ސަރުކާރާއި ދެކޮޅަށް ދައްކާ ހަގީގަތާއި ޚިލާފް ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށްވެސް ރަށްރަށުގެ ގޮފިތަކުގައި ހަރަކާތްތެރިވާ މެމްބަރުންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީން ގޮއިދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން ގޮއިދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް

 ރައީސް ޔާމީން ވިދާާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދާންޖެހެނު އެންމެ ދުރަކަށް ސަރުކާރުން ދާނެ ކަމަށެވެ. އަދި ދުރުގައި ތިބިގެން ބިރުދެއްކުމުގެ ގޮތުން ފޮނުވާ މެސެޖްތަކުގެ އަޑެއް ސަރުކާރަށް ނީވޭނެކަމަށާއި، އަދި އެފަދަ ކަމަކާއި ސަރުކާރުން ކުޑަކޮށްވެސް ޖެހިލުން ނުވާނޭކަމަށްވެސް ރައީސް ވިދާާޅުވި އެވެ،

ޖަގަހަ ހުޅުވުމުގެ އެ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އިތުރުން އެމްޑީއޭ ކޯލިޝަންގެ އިސްވެރިންނާއި، ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން އިއްޔެ ގޮއިދޫ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެރަށުގެ ބައެއް ރައްޔިތުން ނުކުމެ ވަނީ ބަނދަރާ ވީ ސަރަހައްދުގައި ވައުދުތައް ދައުކުވައިދޭ ބެނާތައް ހަރުކޮށްފަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.