ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ލަންގާގައި

ތަޖުރިބާ ދަތުރެއްގައި އިއްޔެ ލަންކާއަށް އައި އަތޮޅު ހޮސްޕިޓަލުގެ ޓީމް
ތަޖުރިބާ ދަތުރެއްގައި އިއްޔެ ލަންކާއަށް އައި އަތޮޅު ހޮސްޕިޓަލުގެ ޓީމް

 

ކޮލަމްބޯއިން: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.

އިއްޔެއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރާ ތަޖުރިބާ ދަތުރުގައި ބައިވެރިވަނީ އެ ހޮސްޕިޓަލުގެ ނުވަ މުވައްޒަފުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު އާއި، އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ރަޝީދު އާއި، ޕަބްލިކް ހެލުތު ޔުނިޓުން ކޮމިޔުނިޓީ ހެލްތު ސުޕަވައިޒަރު ސިދުގީ އަބްދުﷲ އާއި، މުހައްމަދު ޔޫސުފް އާއި ޒާހިރު ނަސީރު އާއި، ޓެކްނިކަލް ދާއިރާއިން ޔާސިރު ރަފީއު އާއި އަބްދުލް މަތީންގެ އިތުރުން އިދާރީ ސެކްޝަނުން އިބްރާހިމް މުހައްމަދު އާއި މުހައްމަދު ހަމްދޫން އެވެ.

ތަޖުރިބާ ދަތުރެއްގައި އިއްޔެ ލަންކާއަށް އައި އަތޮޅު ހޮސްޕިޓަލުގެ ޓީމް
ތަޖުރިބާ ދަތުރެއްގައި އިއްޔެ ލަންކާއަށް އައި އަތޮޅު ހޮސްޕިޓަލުގެ ޓީމް

ބ. އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ރަޝީދު މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި އެ ހަތް ދުވަހުގެ ދަތުރެއްގައި އިއްޔެ ސްރީ ލަންކާ އަށް ވަޑައިގަތީ ލަންކާގެ ބައެއް މަޝްހޫރު ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، ސިއްހީ ދާއިރާގެ މައުލޫމާތު ހޯދައި ގުޅުން ބަދަހި ކުރުމަށެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލު ހިންގުމަށް ބޭނުންވާ އިތުރު ތަމްރީނު ހޯދުމަކީވެސް މި ދަތުރުގެ ބޭނުމެއް ކަމަށް ރަޝީދު ވިދާޅުވި އެވެ.

“މި ދަތުރުގެ އެންމެ ބޮޑު މަގުސަދަކީ ލަންކާގެ ޕަބްލިކް ހެލްތް ދާއިރާ ހިނގާ ގޮތުގެ މައުލޫމާތު ހޯދައި، މިތަނުގެ ޓާޝިއަރީ އަދި މެދު ފަންތީގެ ބައެއް ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދުން. އަދި ހަމަ މިއާއެކު، ލަންކާގެ މުނިސިޕަލް ކައުންސިލް އޮފް ކޮލަމްބޯއަށް ޒިޔާރަތްކޮށް ޕަބްލިކް ހެލްތާގުޅޭ މައުލޫމާތު އެއްކޮށް ތަޖުރިބާ ކުރުން،” އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމުން މިއަދު ހެނދުނު ލަންކާގެ މެޑިކަލް އެސޯސިއޭޝަނަށް ޒިޔާރަތްކޮށް އެތަނުގެ އޮނަރަރީ ސެކްރެޓަރީ އާ ބައްދަލުކުރަނީ
ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމުން މިއަދު ހެނދުނު ލަންކާގެ މެޑިކަލް އެސޯސިއޭޝަނަށް ޒިޔާރަތްކޮށް އެތަނުގެ އޮނަރަރީ ސެކްރެޓަރީ އާ ބައްދަލުކުރަނީ

ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމުން މިއަދު ހެނދުނު ވަނީ ލަންކާގެ މެޑިކަލް އެސޯސިއޭޝަނަށް ޒިޔާރަތްކޮށް އެތަނުގެ އޮނަރަރީ ސެކްރެޓަރީ އާ ބައްދަލުކޮށްފަ އެވެ. އަދި ލަންކާގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތައްވެސް މިއަދު ހެނދުނުވަނީ ޒިޔާރަތްކޮށް މައުލޫމާތު ހޯދައިފަ އެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުގެ ޓީމުން ލަންކާ އަށް ކުރާ ތަޖުރިބާ ދަތުރުން، ލަންކާގެ މަޝްހޫރު ހޮސްޕިޓަލުތަކާއި ގުޅުން ބަދަހިވެ، އެ ހޮސްޕިޓަލުގެ ހިންގުމުގެ ދާއިރާއަށް ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.