ބ. ދަރަވަންދޫން އޭދަފުއްޓަށް އައި ލޯންޗަކުން މަސްތުވާތަކެތި ގެނައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު ދަރަވަންދޫ އިން ފުރައިގެން އޭދަފުއްޓަށް އައި ލޯންޗުން މަސްތުވާތަކެތި އެތެރެކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަަލައިގައި ހައްޔަރު ކުރީ އޭދަފުށީ މީހެކެވެ. އޭނާ ވަނީ މިދިޔަ ޖޫންމަހު ވެސް ދަރަވަންދޫއިން އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރު ކޮށްފަ އެވެ.
އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ލޯންޗުން އޭދަފުއްޓަށް ފޭބި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ ފުލުހުން ބުނިގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ކަނާތްފަރާތު ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިންނެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުންވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ލޯންޗުން ފޭބުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް ޗެކްކޮށް ބެލިއިރު އޭނާ ލައިގެންހުރި ޖިންސުގެ ކަނާތްފަރާތު ޖީބުގައި އޮތް ސިނގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ގެނެސް ޓެސްޓްކުރިއިރު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައި ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭދަފުށީ ޕޮލިސް ސްޓޭޝަނުން މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.