ދޮންފަނާއި ފުޅަދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

ފެހެންދޫގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ-- ފޮޓޯ: އެސްޓީއޯ
ފުޅަދޫގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ– ފޮޓޯ: އެސްޓީއޯ

 

ބ. ދޮންފަނާއި ފުޅަދޫގައި އެސްޓީއޯ ބޭސް ފިހާރަ ހުޅުވައިފި އެވެ.

މި ދެ ރަށުގައި ބޭސް ފިހާރަތައް ހުޅުވާފައިވަނީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައެއް ހުޅުވުމަށް ސަރުކާރުން އެސްޓީއޯއާ ގުޅިގެން ފަށާފައިވާ ބޮޑު މަޝްރޫއެއްގެ ދަށުންނެވެ.

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ޖުމްލަ 13 ރަށް އޮތްއިރު އޭގެ ތެރެއިން މިހާތަނަށް މިއަތޮޅުގެ 11 ރަށުގައި އެސްޓީއޯއިން ވަނީ އާސަންދައިގެ ހިދުމަތް ދޭ ބޭސްފިހާރަ ހުޅުވައިފަ އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 161 ބޭސް ފިހާރަ ހުޅުވާފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މި ހުރިހާ ބޭސްފިހާރައަކުން ވެސް މިހާރު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދޮންފަނުގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ-- ފޮޓޯ: އެސްޓީއޯ
ދޮންފަނުގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ– ފޮޓޯ: އެސްޓީއޯ

 

މި މަޝްރޫއަކީ ގިނަ ރަށްރަށުގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރަތައް ނެތުމުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުން ކުރާ ޝަކުވާތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފަށާފައިވާ މަޝްރޫއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން ހެލްތު މިނިސްޓްރީން ވެސް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.