ލޯކަލް ކައުންސިލް އިންތިހާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ޓިކެޓްގައި ވާދަކޮށް ބ. ކަމަދޫ ކައުންސިލަށް ހޮވުނު އަހްމަދު ރިލްވާން ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައި ވަނީ ބައެއް ރަށްރަށުގެ ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް މުލިޔާ ގޭގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރިލުވާން ޕީޕީއެމަށް ސޮއިކުރެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުންނެވެ.