ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އަންނަ ހޮނިހިރު ދުވަހުގެރޭ ޑިނާ ނައިޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
“ޕީޓީއޭ ޖާފަތް 2015” ނަމުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ން 10:00 އަށް އެ ސްކޫލުގައި ބާއްވާ ޑިނާ ނައިޓުގައި މުނިފޫހި ފިލުވުމުގެ އައިޓަމްތައް ވެސް ހުށަހަޅާނެ ކަމަށް އެ ސްކޫލުގެ ޕީޓީއޭއިން ބުންޏެވެ.
އެ ސްކޫލުގެ ޕީޓީއޭ އިން ބުނި ގޮތުގައި މި ޑިނާ ނައިޓަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓެކެވެ.
ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ. ނަމަވެސް ކޮންމެ ޓިކެޓަކަށް ހަ އަހަރުން ދަށުގެ ދެ ކުއްޖަކަށް ހިލޭ ބައިވެރިވެވެ އެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޑިނާ ނައިޓްގެ ޓިކެޓް މިހާރު އެ ސްކޫލުން ދަނީ ވިއްކަމުންނެވެ.
ހުތް ބަތްޕެން ހުންނާނެތަ