ކުޑަކުދިން ބަލިތަކުން ރައްކާތެރިވުމާބެހޭ ބައްދަލުވުމެއް އޭދަފުށީގައި

އެޗްޕީއޭ އިން އަތޮޅު ހޮސްޕިޓަލާ ގުޅިގެން އިއްޔެ ފެށި ވޯކް ޝޮޕްގެ ތެރެއިން – ފޮޓޯ / އަތޮޅު ހޮސްޕިޓަލް
އެޗްޕީއޭ އިން އަތޮޅު ހޮސްޕިޓަލާ ގުޅިގެން އިއްޔެ ފެށި ވޯކް ޝޮޕްގެ ތެރެއިން – ފޮޓޯ / އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އަމާޒުކޮށްގެން އޭދަފުށީގައި ކުދިން ހެދިބޮޑުވުމުގައި ދިމާވާ ބަލިތަކުން ރައްކާތެރިވުމާބެހޭ ބައްދަލުވުމެއް އިއްޔެ ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިންތިޒާމުކޮށްގެން “ވޯކްޝޮޕް އޮން އިންޓަގްރޭޓެޑް މެނޭޖްމަންޓް އޮފް ޗިލްޑްރަންސް އިލްނަސް”ގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަކުވުމުގައި މިއަތޮޅުން 20 މީހަކު ބައިވެރިވެ އެވެ.

އެޗްޕީއޭ އިން އަތޮޅު ހޮސްޕިޓަލާ ގުޅިގެން އިއްޔެ ފެށި ވޯކް ޝޮޕްގެ ތެރެއިން – ފޮޓޯ / އަތޮޅު ހޮސްޕިޓަލް
އެޗްޕީއޭ އިން އަތޮޅު ހޮސްޕިޓަލާ ގުޅިގެން އިއްޔެ ފެށި ވޯކް ޝޮޕްގެ ތެރެއިން – ފޮޓޯ / އަތޮޅު ހޮސްޕިޓަލް

 

މި ބައްދަލުވުމުގައި ފަސް އަހަރުން ދަށުގެ ކުދިން ހެދިބޮޑުވުމުގައި ދިމާވާ ބަލިތަކުން ރައްކާތެރިވުމާށް އެޅިދާނެ ފިޔަވަޅު ތަކާ ގުޅޭގޮތުން ބެހޭ ގޮތުން ބައިވެރިން މަޝްވަރާ ކުރާނެ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ސެމިނާ ރޫމުގައި ކުރިއަށްދާ މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އެޗްޕީއޭގެ ތަޖުރިބާކާރު ބޭފުޅުންނެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.