އޭދަފުށީގައި ފެރީ ޓާމިނަލް ހަދާނެ ފަރާތެއް ހޯދަނީ

ބ. އޭދަފުށި
ބ. އޭދަފުށި

ބ. އޭދަފުށީގައި ފެރީ ޓާމިނަލެއް އަޅައިދޭނެ ދޭނެ ފަރާތެއް ހޯދުމަށް އޭދަފުށީ ކައުންސިލުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ ކުރެހުމާ އެއްގޮތަށް މިރަށުގައި ފެރީ ޓާމިނަލެއް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ދީފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު 11:30 ގައި ކައުންސިލު އިދާރާގައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ކައުންސިލު އިދާރާއިން ބުންޏެވެ.

އޭދަފުށީގައި ފެރީ ޓާމިނަލެއް ހަދާނެ ފަރާތެއް ހޯދަން އިއުލާން ކުރި އިރު، މީގެ ކުރިންވެސް ދެތިން ފަހަރެއްގެ މަތިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އޭދަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ފެރީ ޓާމިނަލުގެ ބިންގާ އަޅުއްވައިދެއްވަނީ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އޭދަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ފެރީ ޓާމިނަލުގެ ބިންގާ 2014 ޖެނުއަރީ 30 ގައި އަޅުއްވައިދެއްވަނީ. ބިންގާ އެޅިތާ ދެ އަހަރު ވާން ކައިރިވެފައިވާ އިރުވެސް އަދިވެސް ތާމިނަލުގެ މަސައްކަތް ނުފެށޭ. މިހާރު މި ބިންގާ ފެންނަންވެސް ނެތް.  ފައިލް ފޮޓޯ

 

އޭދަފުށީގައި ފެރީ ޓާމިނަލެއް އެޅުމަށް ބިންގާ އެޅިތާވެސް މިހާރު އަހަރަށްވުރެ ގިނަދުވަސްވަނީ ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. fahumIy

    ފެރީ ޓާމިނަލް ނޭޅިގެން އުޅެނީ ފައިސާ ނެތިގެންނެއް ނޫން. ރައްޔިތުންނަށް ޖެއްސުން ކުރުމަށް. މިހާރުވެސް ބަޔޯސްފެއާ ރިޒާވުން ވެސް ލައްކަ ޑޮލަރު ދިން. އަދިވެސް ތިބީ ދޭގޮތައް. ދައުރެއް ނިމި އަނެއް ދައުރު ފެށިގެން ދިޔައިރުވެސް އިދާރާއިން ރައްޔިތަކަށް ކޮންދިން ކަމެއް ނެތް. ރައްޔިތުންގެ ކަންކަމުގައި މާލެދަނީ. ނަތީޖާއެއް ނުފެނޭ. އަބަދުވެސް މާލޭގައި…. އަދިވެސް ތަނެއްގައި އެއްލާލައިފައިތިބި ގާތަކެއްވެސް ހޮވައިގެން މިވަރުގެ ބަޔަކު ނެތްކަމަށް ދައްކައިގެން އުޅޭ. ކަންކަމަށް ހަވާލުކުރާ ފައިސާވެސް ހީވާކަހަލަ އަމިއްލަ މިލްކިއްޔާހެން…..

    ރައްދު
  2. އަޙްމަދު ރަޝީދު (ސީޓޭ)

    މީގެ ކުރިންވެސް ދެތިން ފަހަރެއްގެ މަތިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ ނަތީޖާ ކޮބައިތޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.