ލައިޓްތައް ހަރު ނުކުރެވި ލަސްވަނީ ފޯމަރުތައް ނުލިބިގެން: ކައުންސިލް

އޭދަފުށީ ފުޓްސަލް ދަނޑު
އޭދަފުށީ ފުޓްސަލް ދަނޑު

 

ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި އެޅި ފުޓްސަލު ދަނޑުގައި ބެހެއްޓި ލައިޓް ސިސްޓަމުން ދަނޑަށް ފުދޭވަރުގެ އަލިކަން ނުލިބޭ މައްސަލަ ހައްލުކުރުމަށް ގެނައި އާ ލައިޓް ސިސްޓަމް ހަރުނުކުރެވި ލަސްވަނީ އޭގެ ފޯމަރުތައް ނުލިބިގެން ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ލައިޓްތައް ދިއްލަން ބޭނުންވާ ފޯމަރުތައް ހޯދުމަށް މިހާރު ސްޕޯޓްސް މިނިސްޓްރީގައި އެދިފައެވެ. ފޯމަރުތައް ލައިޓް ސިސްޓަމާއެކު ނެތްކަން ކައުންސިލަށް ފާހަގަ ކުރެވުނީ ލައިޓް ހަރުކުރަން ބަޔަކާ ހަވާލުކޮށް މަސައްކަތްފެށި ފަހުންނެވެ.

އާ ލައިޓް ސިސްޓަމުގައި ހިމެނެނީ ހުދު އަލި ހުންނަ 1000 ވޯޓްގެ 12 ލައިޓެވެ. ދަނޑު ހުޅުވިއިރު ހަރުކޮށްފައި ހުރީ 500 ވޯޓްގެ ރަތް އަލި ހުންނަ 12 ލައިޓެވެ. އާ ލައިޓް ސިސްޓަމް ލިބުނީ އެ ލައިޓަތަކުން އެކަށީގެންވާ ވަރަށް އަލި ނުލިބޭތީ ފުޓްބޯޅަ ކުޅޭ ޒުވާނުން ޝަކުވާ ކުރާތާ އެތައް ދުވަހެއްވީ ފަހުންނެވެ.

އަނެއްކޮޅުން އާ ލައިޓް ސިސްޓަމް ހަރުކުރަން ކުރީގެ ލައިޓްތައް ނަގާފައި ހުންނަތާ މިހާރު މަހެއްހާ ދުވަސްވަނީ އެވެ. އެހެންކަމުން މިހާރު ރޭގަނޑު ފުޓްސަލު ދަނޑުގެ ބޭނުން ނުހިފޭތީ ޒުވާނުން ތިބީ އެކަމާވެސް ހިތްހަމަ ނުޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.