ވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

އަނަންތަރަ ރިސޯޓު ކައިރިއަށް ދޯނި ބަންޑުން ޖަހާލާފައި
އަނަންތަރަ ރިސޯޓު ކައިރިއަށް ދޯނި ބަންޑުން ޖަހާލާފައި

 

ފަސް މީހުންނާއެކު ވެލި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް މިއަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓް ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ ރ. އަތޮޅު މަޑުއްވަރީ ދޯންޏެކެވެ.

އަނަންތަރަ ރިސޯޓު ކައިރިއަށް ދޯނި ބަންޑުން ޖަހާލާފައި
އަނަންތަރަ ރިސޯޓު ކައިރިއަށް ދޯނި ބަންޑުން ޖަހާލާފައި

 

ފުލުހުން ބުނީ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓު ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 16:20 ހާއިރު ކަމަށެވެ. އަދި މި ދޯނިން ދަތުރު ކުރި އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

“ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ.” ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    މީހުން ސަލާމަތްކުރީ، ފުލުހުންތޯ؟ ނޫނީ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓް ގެ ދޯންޏަކުންތޯ؟
    ޙަޤީޤަތް ހާމަކޮށްދެއްވުން އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.