ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑިނާ ނައިޓް ފަސްކޮށްފި

ޑިނާ ނައިޓް އިސްތިހާރުކުރަން ހަދާފައިވާ ޕޯސްޓަރެއް
ޑިނާ ނައިޓް އިސްތިހާރުކުރަން ހަދާފައިވާ ޕޯސްޓަރެއް

“ޕީޓީއޭ ޖާފަތް 2015” ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަން ނިންމި ޑިނާ ނައިޓް ފަސްކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ޑިނާ ނައިޓް ފަސްކުރީ، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް، ފުރިހަމަ ޑިނާ ނައިޓެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އެގޮތުން އެ ޑިނާ ނައިޓް ދެން ބާއްވާން ހަމަޖައްސާފައިވަނީ އީދު ބަންދުތެރޭ ސެޕްޓެމްބަރު 25 ގަ އެވެ.

އެ ސްކޫލުގެ ޕީޓީއޭ އިން ކުރިން  ބުނި ގޮތުގައި މި ޑިނާ ނައިޓަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓެކެވެ.

މުނިފޫހި ފިލުވުމުގެ އައިޓަމްތަކާއެކު ބާއްވާ ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ. ނަމަވެސް ކޮންމެ ޓިކެޓަކަށް ހަ އަހަރުން ދަށުގެ އެއް ކުއްޖަކަށް ހިލޭ ބައިވެރިވެ ވެ އެވެ.

އާއްމުކޮށް ހުޅުވާލައިގެން އެ ސްކޫލުގައި ފުރަތަމަ ފަހަރައް ބާއްވަން ތައްޔާރުވަމުންދާ މި ޑިނާ ނައިޓްގެ ޓިކެޓް މިހާރު އެ ސްކޫލުން ދަނީ ވިއްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.