މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު

PSMޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ސްޕޮންސަރ އަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިއަދު ޓީވީއެމްގައި އޮތް ރަސްމިޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އަދި ދިރާގުގެ ފަރާތުން އެތަނުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ މޯލްޑިވިއަން އައިޑަލްއަކީ ޕީއެސްއެމްއިން ބޮޑު ހޭދައެއް ކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިއުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

“ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުގެ ނަން ހިމެނިގެން ދިއުމަކީ މިއަށް ލިބިގެން ދިޔަ އިތުރު ޝަރަފެއް، މި ނަމުގެ އަގު އިތުރަށް ދިރާގުގެ ނަމާއެކު އުފުލިގެން މި ދިޔައީ،” ހަލީލް ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ހަމައެކަނި ލަވަކިޔާފައި އޮންނަ ކޮމްޕެޓިޝަނެއް ނޫން ކަމަށާއި މީގެ ތެރެއިން ވަރަށް ގިނަ ހުނަރުތަކެއް ނިކުމެގެން ބަޔަކަށް އެއްޗެހިތަކެއް ދަސްވެގެންދާނެ ކަމަށެވެ.

“ދިރާގުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސަޝިޕް ނަގަން ހަމަޖެއްސީ، ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުންނާއި ޕީއެސްއެމްއަކީ ގައުމީ މީޑިއާ ކަމަށް ވުމުން ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ބަޔަކަށް ވާތީ،” އިސްމާއިލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.