އެޕަލްއިން އަލަށް ތައާރަފްކުރި އައިފޯން ދިރާގުން ވިއްކަން ފަށައިފި

އެޕަލް ކުންފުނިން މިދިޔަ މަހުގައި ދުނިޔޭގެ 12 ގައުމެއްގައި ވިއްކަން ފެށި އައި ފޯނު 6 އެސް އާއި 6 އެސް ޕްލަސް ރާއްޖޭގައި ރަސްމީކޮށް، ދިރާގުގެ މައި އޮފީހުގައި ވިއްކަން ފެށުން.-- ހަވީރު ފޮޓޯ: ނިޝާން އަލީ
އެޕަލް ކުންފުނިން މިދިޔަ މަހުގައި ދުނިޔޭގެ 12 ގައުމެއްގައި ވިއްކަން ފެށި އައި ފޯނު 6 އެސް އާއި 6 އެސް ޕްލަސް ރާއްޖޭގައި ރަސްމީކޮށް، ދިރާގުގެ މައި އޮފީހުގައި ވިއްކަން ފެށުން.– ހަވީރު ފޮޓޯ: ނިޝާން އަލީ

 

އެޕަލްއިން އަލަށް ތައާރަފްކޮށްފައިވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް ދިރާގުން ވިއްކަން ފަށައިފި އެވެ.
ރޭ 12:00 ގައި ދިރާގު ހެޑް އޮފީސް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން އައިފޯން 6 އެސް އަދި އައިފޯން 6 އެސް ޕްލަސް ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު މިއީ އެޕަލްގެ އައިފޯނު ރަސްމީކޮށް ރާއްޖޭގައި ލޯންޗްކުރާ ފުރަތަމަ ފަހަރެވެ.

ރޭގެ ރަސްމިއްޔާތުގައި ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ އެ ކުންފުނިން ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް އައިފޯނަށް ލިބިފައިވާ ކަމަށެވެ.

އައިފޯނުގެ ޕްރީ އޯޑާ ނެގުމަށް މިމަހުގެ ދެވަނަަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި 1000 އަށް ވުރެ ގިނަ މީހުން އޯޑަރު ދީފައިވާ ކަމށް ދިރާގުން ބުނެއެވެ.

ގިނަ އަދަދެއްގެ އޯޑަރު ލިބުނު ނަމަވެސް ރޭ ފޯނު ހަވާލުކޮށްފައި ވަނީ އޭގެތެރެއިން ދިރާގުން ކަނޑައެޅި ޝަރުތުތައް ފުރިހަމަވެ، ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

“މިހާރު ހުރި ސްޓޮކަށް ވުރެ އައިފޯން ގަތުމަށް އާންމުންގެ ޑިމާންޑް ބޮޑު. އައިފޯން އިތުރަށް ވިއްކުމަށް އެޕަލްއާއެކު ދަނީ ވާހަކަ ދެކެވެމުން،” މައުމޫން ވިދާޅުވި އެވެ.

އެޕަލްގެ އެންމެ މަހުގެ އައިފޯން ދިރާގުން ރޭ ރަސްމީކޮށް ވިއްކަން ފެށިއިރު، މިއަދު އުރީދޫ އާއި ފޯކަސް ކޮމްޕިއުޓާސްގެ އިތުރުން އެލް މޯބައިލް އިން ވެސް އައިފޯން ވިއްކަން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.