ގިޔާސުއްދީން ސްކޫލާއި ދިރާގު ގުޅިގެން އެސްކޫލްގައި ބީވައިއޯޑީ ތައާރަފް ކޮށްފި

thumb

 

ގިޔާސުއްދީން އިންޓާރނޭޝަނަލް ސްކޫލާއި ދިރާގާއި ގުޅިގެން އެސްކޫލްގައި ބީވައިއޯޑީ ތައާރަފް ކޮށްފި އެވެ.

ބްރިންގް ޔުއަރ އޮވްން ޑިވައިސް (ބީވައިއޯޑީ)ގެ ޕައިލެޓް ޕްރޮޖެކްޓްގައި ދިރާގުން ބައިވެރިވުމަށް އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ދިރާގުފެ ސީއޯއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. އަދި ގިޔާސުއްދީން ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެސްކޫލޫގެ ޕްރިންސިޕަލް ތޯހާ ސަލީމުއެވެ.

މި ހިދުމަތާއި ގުޅޭގޮތުން ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ވިދާޅުވީ، އެއީ ތައުލީމީ ދާއިރާއަށް އަންނާނެ އިންގިލާބެއް ކަމަށާއި މިއީ މިގޮތަށް ރާއްޖޭގައި ފެށޭ ފުރަތަމަ ޕްރޮގުރާމް ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ އެންމެ ބޮޑު އަމާޒަކީ ސްކޫލުގެ ތެރެއިން ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުން ކަމަށްވެސް ތޯހާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އެ ސްކޫލްގެ ގްރޭޑް ފަހެއްގެ ދަރިވަރުންނަ ށެވެ. އެކުދިން ބޭނުން ކުރާ ޑިވައިސްތަކަކީ ޓެބްލެޓާއި ލެޕްޓޮޕެވެ. އަދި އެކުދިން ތައުލީމް ހާސިލް ކުރުމަށް ބޭނުން ކުރާނީ އެކުދިންގެ އަމިއްލަ ޑިވައިސްތަކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގިޔާސުއްދީން ސްކޫލްގެ ދަރިވަރުންނަށް އަމިއްލަ ޑިވައިސް ސުކޫލަށް ގެނެސްގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ އެއްވެސް އަގަކާއި ނުލައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.