އަގުހުރި އިނާމުތަކާއެކު އެސްޓާސް ސްކޫލް ސީޒަން ފެއާ ފަށައިފި

އެސްޓާސް ފިހާރަ: ސްކޫލް ސީޒަން ފެއާގައި އެސްޓާސްއިން ފޮތް ލިސްޓަސް ފޮތް ދޫކުރަނީ ދަރުމަވަންތަ ސްކޫލްގައި .--ފޮޓޯ: އެސްޓާސް
އެސްޓާސް ފިހާރަ: ސްކޫލް ސީޒަން ފެއާގައި އެސްޓާސްއިން ފޮތް ލިސްޓަސް ފޮތް ދޫކުރަނީ ދަރުމަވަންތަ ސްކޫލްގައި .–ފޮޓޯ: އެސްޓާސް

 

ފޮތް ލިސްޓު ގަންނަ މީހުންނަށް އަގުހުރި އިނާމުތައް ލިބޭ ސްކޫލް ސީޒަން ފެއާ ޕްރޮމޯޝަން އެސްޓާސްއިން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން އަންނަ ޖެނުއަރީ ތިނެއްގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެ ފިހާރައިން ފޮތް ލިސްޓު ނަގާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތުގެ އިތުރުން ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެސްޓާސް އިން ބުނެ އެވެ.

އެސްޓާސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފޮތް ލިސްޓު ވައުޗަރު މެދުވެރިކޮށް ފޮތްތައް ނަގާ ފަރާތްތަކަށް ހާއްސަކޮށްގެން ބަހައްޓާފައި ހުރި ފޮއްޓަކުން ގަނޑުކޮޅެއް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ގަނޑުކޮޅުގައިވާ “ސްކްރެޗް އެންޑް ވިން” ގައި ބައިވެރިވެގެން އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓާސް ބުކް ފެއާ 2016 ގެ އިސްތިހާރެއް
އެސްޓާސް ބުކް ފެއާ 2016 ގެ އިސްތިހާރެއް

 

އަދި އެއަށްފަހު ގަނޑުކޮޅުގައި ނަމާއި ފޯނު ނަންބަރު ޖެހުމަށްފަހު ލަކީ ޑްރޯ އަށް ހާއްސަކޮށްފައިވާ ފޮއްޓަށް ވައްޓާލުމުން ޝީޝާއިން ހުށަހާޅާފައިވާ ހޮންޑާ ސްކޫޕީ ކްލަބް ސައިކަލު ހޯދުމުގެ ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގެ “ސްކްރެޗް އެންޑް ވިން”ގައި ބައިވެރިވާ ފަރާތްތަކަށް ހުށަހެޅިފައިވަނީ ތަފާތު 33 ވައްތަރެއްގެ އަގުހުރި އިނާމުތަކެކެވެ. އޭގެ ތެރޭގައި އައިފޯނު، ކޮމްޕިއުޓަރު ސިސްޓަމް، ލެޕްޓޮޕް، ސެމްސަންގް ގެލެކްސީ އެސް6 އެޖް ފޯނު، ޕްރިންޓަރު އަދި ހާޑް ޑިސްކު ހިމެނެ އެވެ.

އެސްޓާސްއިން އަންނަ އަހަރުގެ ފޮތް ލިސްޓަށް ފޮތް ދޫކުރަނީ ދަރުމަވަންތަ ސްކޫލްގަ އެވެ. އޭދަފުށިން އެސްޓާސްގެ ފޮތް ބޭނުންވާ ފަރާތްތަކުން 9631111 ނުވަތަ 7914243 އާ ގުޅުމަށް އެ ބުކްޝޮޕުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.