“އީޓުކުރި” އޮންލައިންކޮށް ވިޔަފާރި ކުރުމަށް އާ ޕްލެޓްފޯމެއް

l_1448562001256leR

ދުނިޔޭގެ އެނެމެބޮޑޫ ދެ މާކެޓް ކަމަށްވާ އެމެރިކާ އަދި ޗައިނާގެ މާކެޓުގައި ހިމެނޭ ބޮޑެތި ބްރޭންޑުތަކުން އޮންލައިންކޮށް ވިޔަފާރި ކުރުމަށް މޯލްޑިވްސް ޕޯސްޓު ލިމިޓެޑް އިން “އީޓުކުރި” ނަމުގައި ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނޭޝަނަލް އާޓް ގެލެރީގައި ވީޓީވީން ލައިވްކޮށް ޓެލެކާސްޓް ކުރި ރަސްމިއްޔާތެއްގައި އީޓުކުރި ސާވިސް ރަސްމީކޮށް ލޯންޗު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ބުނި ގޮތުގައި އީޓުކުރި ހިދުމަތާ ގުޅިގެން އެ ދެގައުމުގައި ހުންނަ ބޮޑެތި ކުންފުނިތައް ކަމަށްވާ “ވިކްޓޯރިއާސް ސީކްރެޓް” އާއި “ބާންސް އެންޑް ނޯބަލްސް” އާއި “ވޯލްމާޓް” އަދި “އީބޭ” ފަދަ ކުންފުނިތަކުން ފަސޭހަ ކަމާއެކު ވިޔަފާރި ކުރެވޭނެ އެވެ.

ޕޯސްޓް ލިމިޓެޑް އިން ބުނީ އެ ގައުމަކުން މުދަލެއް ގަތުމާއެކު އެ ދެގައުމުގައި އިންނަ ވެއާ ހައުސް އަށް އެ އައިޓަމް ދާނެ ކަމަށެވެ. އަދި އެއަށްފަހު އެ އައިޓަމް، އީޓުކުރި މެދުވެރިކޮށް ރާއްޖެ ޝިޕް ކުރެވޭނެ ކަމަށް، އާދީއްތަ ދުވަހު ޢީޓީއަށް އީމޭލް ކުރި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ ނޫސް ބަޔާނެއްގައި ޕޯސްޓް ލިމިޓެޑުން ބުންޏެވެ.

ކަސްޓަމަރު އޯޑަރު ކުރި އައިޓަމް ރާއްޖެ އައުމުން ޕޯސްޓުގެ ސްޓާފުން މެދުވެރިކޮށް އެ އައިޓަމް ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ޕޯސްޓުން ބުނެފައެވެ.

“ދުނިޔޭގެ އޮންލައިން ވިޔަފާރީގެ ތެރެއިން ގަނެވޭ މުދަލުގެ ބޮޑުބައެއް އޭގެ އެންމެ ފަހުގެ މަންޒިލްތަކަށް ވާސިލްވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިސްޓްރިބިއުޝަން ނެޓްވާކް ކަމުގައިވާ ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންގެ  ‘ބައިނަލް އަގްވާމީ ޕޯސްޓުގެ ވިއުގައިގެ’ ތެރެއިން ކަމަށްވާތީީ ދުނިޔޭގެ މި ބިޔަ މާ ސިންގާ ވިއުގައިގެ ތެރެއިން ލިބެންހުރިި މަންފާތަކެއް ހޯދައި، މި ވިއުގައިގެ ބޭނުން ހިފައިގެން ލިބެންހުރިީ އިގްތިސާދީ ފުރުސަތުތައް އަޅުގަޑުމެންގެ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ މޯލްޑިވްސް ޕޯސްޓުގެ އަމާޒެކެވެ،” މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ބުންޏެވެ.

އީޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރާނަމަ ކަސްޓަމްސްގެ ޑިއުޓީއަށާ އެއްކޮށް އައިޓަމް ޝިޕް ކުރާއިރު ފައިސާ ދެއްކޭނެ ކަމަށްވެސް ޕޯސްޓުން ބުންޏެވެ.

އީޓުކުރި ސާވިސް މިނިސްޓަ ސައީދު ރަސްމީކޮށް ލޯންޗުކޮށްދެއްވަނީ—ފޮޓޯ / މޯލްޑިވްސް ޕޯސްޓް
އީޓުކުރި ސާވިސް މިނިސްޓަ ސައީދު ރަސްމީކޮށް ލޯންޗުކޮށްދެއްވަނީ—ފޮޓޯ / މޯލްޑިވްސް ޕޯސްޓް

 

އީޓުކުރި ހިދުމަތަކީ އެއްވެސް މަހު ފީއެއް އަދި ސަބްސްކްރިޕްޝަން ފީއެއް ދައްކަން ޖެހޭ ހިދުމަތެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 300،000 އަށްވުރެ ގިނަ ކުންފުނިތަކުން ރާއްޖެއަށް ޝިޕްމެންޓް ކޮށެއް ނުދެއެވެ. އެހެން ކަމުން އީޓުކުރި ޕްލެޓްފޯމް އަކީ އެ ރެސްޓްރިކްޝަންތައް ކުޑަ ކުރުމަށް ތައާރަފުކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގެ ޒަރިއްޔާއިން ކޮލިޓީ އަދި ބްރޭންޑެޑް ތަކެތި ރާއްޖެ ގެނައުމަށް މަގުފަހި ވެގެންދާނެ އެވެ.

ޕޯސްޓުން ބުނީ މުސްތަގުބަލުގައި މި ޚިދުމަތުގެ ތެރެއަށް އިތުރުކުރެވޭ އެކްސްޕޯޓް ކޮމްޕޮނަންޓްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަކެތި ޕޯސްޓުގެ ވިއުގައިގެ ތެރެއިން އިންޓަނޭޝަނަލް މާކެޓްތަކަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ފަހިކުރުމަށް ޔުނިވާސަލް ޕޯސްޓަލް ޔުނިއަން އިން ހިންގާ “އީޒީ އެކްސްޕޯޓް” ޕްރޮގްރާމްގައި މޯލްޑިވްސް ޕޯސްޓުން ބައިވެރިވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް