އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން އޭދަފުށީގަިއ ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން.
ދިރާގުން އޭދަފުށީގަިއ ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން. ދިރާގުގެ އިންޓަނެޓް ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް އިންޓަނެޓް ގުޅައިދިނުމުގެ ހިދުމަތް މި މަހުގެ ނިޔަލަށް ހިލޭ ފޯރުކޮށްދެނީ–

 

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ފަރާތްތަކަށް އިންޓަނެޓް ގުޅައިދިނުމުގެ ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި މަހުގެ ނިޔަލަށް ކުރި އަށް ދާ މި ޕްރޮމޯޝަންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފިކްސްޑް ބްރޯޑްބޭންޑަށް އެދޭ ފަރާތްތަކަށް އިންޓަނެޓް ގުޅައިދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ދިރާގު އޭޑީއެސްއެލް އަދި ފައިބާ ޓު ހޯމްގެ 2އެމް އަންލިމިޓަޑް ޕެކޭޖުން ފެށިގެން ފައިބާ 100އެމް ޕެކޭޖާ އަދި ބިޒްނަސް ޕެކޭޖު އަލަށް ނަގާ ފަރާތްތަކަށް ގުޅައިދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަނަކީ އަލަށް ދިރާގުގެ އިންޓަނެޓް ހިދުމަތަށް އެދޭ ފަރާތްތަކަށް ލުއި ކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އަލަށް އިންޓަނެޓް ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފުރަތަމަ ޕޭމަންޓުން ގުޅައިދިނުމަށް ނަގާ ފީ އެއް ނުނަގަ އެވެ،

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.