ޒޯން ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

ޒޯން ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

އޭދަފުށި ފުޓްބޯޅަ ޓީމު
އޭދަފުށި ފުޓްބޯޅަ ޓީމު – ފޮޓޯ: އިބްރާހިމް ފާއިދު

މިއަދު ހަވީރު ދުވާފަރާއި އޭދަފުށި ކުޅެން ހަމަޖެއްސި މެޗަށް ދުވާފަރު ޓީމު ހާޒިރު ނުވުމުގެ ސަބަބުން މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުއްޓަށް ލިބިއްޖެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިި މެޗު ކުޅެން ހަމަޖެއްސީ މާލޭގައެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ މި މެޗު ކުޅެން ދުވާފަރު ޓީމު މާލެ ގޮސްފައެއް ނުވެއެވެ. ދުވާފަރު ޓީމު މެޗަށް ހާޒިރު ނުވުމުން މުބާރާތުގެ ގަވާއިދު ބުނާގޮތުން މެޗު ލިބުނީ އޭދަފުއްޓަށެވެ.

އޭދަފުއްޓަށް ޗެމްޕިއަންކަން ލިބުނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިގެންނެވެ. މުބާރާތުގައި އޭދަފުއްޓަށް މޮޅު ނުވެވުނީ ރަށުން ބޭރުގައި ހިންނަވަރު އަތުންނެވެ. 3 ޕޮއިންޓާއި އެކު ދުވާފަރަށް ދެވަނަ ލިބޭއިރު ގްެރޫޕްގެ ފުލަށް ހިންވަރު ދިޔައީ އެއް ޕޮއިންޓާއެކުއެވެ.

ޒޯން މުބާރާތް ކާމިޔާބުކުރުމާއިއެކު އޭދަފުއްޓަށް ވަނީ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުން ފުރުޞަތު ލިބިފައެވެ. މުބާރާތުގެ 2 ވަނަ ބުރަށް އޭދަފުށި ކޮލިފައިވީ އަތޮޅު މުބާރާތުގައި ހިތާދޫގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިމުބާރާތުގެ 3 ވަނަ ރައުންޑް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ. އޭދަފުއްޓާއިއެކު މި ގްރޫޕްގައި ދެން ހިމެނެނީ ހދ. ނޮޅިވަރަމް އާއި ށ. ފޯކައިދޫގެ އިތުރުން އދ. މާމިނގިއްޔެެވެ. މި ގްރޫޕުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

މިއީ ޒޯން މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދި ދެވަނަ ފަހަރެެވެ. 2007 ވަނަ އަހަރުގެ ޒޯން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އެ އަހަރު މާލޭގައި ބޭއްވި ޒޯން ޗެމްޕިއަންސް ލީގުގައި އޭދަފުށި ވަނީ ވާދަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.