ފުލްޓައިމް: އޭދަފުށި 4 – 1 ނޮޅިވަރަމު

ފުލްޓައިމް: އޭދަފުށި 4 – 1 ނޮޅިވަރަމު

17:46 މެޗުގެ ނަތީޖާ. އޭދަފުށި 4-1 ނޮޅިވަރަމު. އޭދަފުށީ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އާދަމް ނިޒާމް (ކިތުނާ). އަނެއް ދެ ލަނޑު ޖެހީ ފާއްޓެ އާއި މަޖިއްޓޭ

17:44 މިހާރު ކުރިއަށްދަނީ އިތުރު ވަގުތުގެ 5 މިނިޓްގެ ކުޅުން

17:42 ސައްޓު ނޮޅިވަރަމު ޓީމު ޑިފެންޑަރ ކައިރިން ނައްޓާލައިފަ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ނޮޅިވަރަމު ޓީމުގެ 17 ނަންބަރު ކުރި ފައުލަކަށް ޔެލޯ ކާޑް ދައްކައިފި

17:35  ކިތުނާގެ ބަދަލުގައި ސަލާމު ކުޅެން އަރައިފި

17:33  އޭދަފުށީ ޓީމުގެ ހަތަރުވަނަ ލަނޑު ކިތުނާ ކާމިޔާބުކޮށްދީފި. މި ލަނޑު ކާމިޔާބުކުރީ ލިބުނު ؛ހިލޭ ޖެހުމަކުން ގޯލުގެ ކަނަށް ބޮލުން ޖަހައި

12562555_574980976000877_1546490190_o

17:33  އޭދަފުށީ ޓީމުގެ ހަތަރުވަނަ ލަނޑު ކިތުނާ ކާމިޔާބުކޮށްދީފި

17:30  މުހައްމަދު ފާސިރު (ފާއްޓެ) އަށް ރީދޫ ކާޑެއް ދައްކައިފި

17:26 ނޮޅިވަރަމު ޓީމުގެ ކުޅުންތެރިއެއްގެ ފަޔަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި

17:14  އޭދަފުށީ ޓީމުން ތިންވަނަ ލަނޑު ޖަހައިފި. ލަނޑުޖެހީ މަޖިއްޓޭ

17:10 ނޮޅިވަރަމު ޓީމުގެ ކުޅުންތެރިއަކަށް ފައުލު ކޮށްގެން އޭދަފުށީ ޓީމުގެ އަބްދުﷲ އަބޫބަކުރަށް ރީދޫ ކާޑެއް ދައްކައިފި

17:09 ނޮޅިވަރަމު ޓީމުން އުފައްދާ ހަމަލާތައް އޭދަފުށީގެ ކީޕަރު ޓޮމް ވަނީ މަތަކޮށްފައި.

17:04  ނޮޅިވަރަމުން ގޯލް ޖަހައިފި

17:03 ނޮޅިވަރަމު ޓީމުން އޭދަފުށީ ގޯލާ އަމާޒުކޮށް ދެންމެ ފޮނުވާލި ދެ ހަމަލާވެސް ކީޕަރު ދިފާއު ކޮށްފި

16:55 ދެ ވަނަަ ހާފްގެ ކުޅުން ފެށިއްޖެ. ކުޅުން ފެށީ އޭދަފުށީ ޓީމުން.

 

16:39 ފުރަތަމަ ހާފްގެ ނަތީޖާ. އޭދަފުށި 2-0 ނޮޅިވަރަމު

16:36 ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ތިން މިނިޓް

16:35  ނޮޅިވަރަމު ޓީމުން އޭދަފުށީ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ޝާހިދު ހުޝިޔާރުކަމާއެކު ދިފާއުކޮށްފި

އަރީފުގެ ފަޔަށް ލިޔބުނު އަނިޔާއާ ގުޅިގެން އިތުރުފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަނީ-- އީޓީ ފޮޓޯ / ރާއިފް
އަރީފުގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރުފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަނީ– އީޓީ ފޮޓޯ / ރާއިފް

16:29 އޭދަފުށީ ޓީމުގެ ޑިފެންޑަރު އަރީފު ބަދަލުކުރީ އޭނާގެ ވާތު ފަޔަށް ލިބުނު އަނިޔާ އާ ގުޅިގެން. އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފި.

16:15: 30 މިނިޓް ކުޅެވުނު އިރު ނޮޅިވަރަމު ޓީމަށް ގޯލާ އަމާޒުކޮށް ހެދުނީ ތިން ޝޮޓް

16:14  އަރީފުގެ ބަދަލުގައި ހަނީފު ކުޅެން އަރައިފި

12528232_574959416003033_1874228245_o

16:13  މި ގްރޫޕްގެ ނޮޅިވަރަމު ކުޅުނު ފުރަތަމަ މެޗުން ފޯކައިދޫއާ ވާދަކޮށް 4-2 އިން އެ ޓީމު ވަނީ ބަލިވެފައި

16:10  ބާވީސް މިނިޓް ކުޅެވިއްޖެ. އޭދަފުށީ 2، ނޮޅިވަރަމް 0

16:03 މިއަދުގެ މެޗު ބަލަން އޭދަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެބަތިބި. އެންމެން ތިބީ ސަޕޯޓް ކުރުމަށް އެއް ސަރަހައްދެއްގައި

އޭދަފުށީ ސަޕޯޓަރުން-- އީޓީ ފޮޓޯ / ރާއިފް
އޭދަފުށީ ސަޕޯޓަރުން– އީޓީ ފޮޓޯ / ރާއިފް

15:58 އޭދަފުށީ ޓީމުން ދެވަނަ ލަނޑު ޖަހައިފި. މި ލަނޑު ޖަހައިދިނީ ފާއްޓެ

15:56  މި ގްރޫޕްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު އޭދަފުށި ޓީމު ވަނީ މާމިގިއްޔާ 4-4 އިން އެއްވަރުކޮށްފައި.

3:50 އޭދަފުށީ ޓީމުން ލީޑު ނަގައިފި. މެޗުގެ ދެ ވަނަ މިނިޓްގައި މި ލަނޑު ޖެހީ އާދަމް ނިޒާމް (ކިތުނާ)

އޭދަފުށީގެ ފުރަތަމަ 11: އަހްމަދު ޝާހިދު (ޓޮމް)، އަބްދުލްމަޖީދު (މަޖިއްޓޭ)، އަބްދުﷲ އަބޫބަކުރު (ކަނޫޓޭ)، ހައްސާން އަބްދުއްލަތީފް، އަރީފް، އަހްމަދު ލަތީފް (ލައްޗޭ)، ސާމީ އިބްރާހިމް، މުހައްމަދު ފާސިރު (ފާއްޓޭ)، އިބްރާހިމް މާޖިދު، އިޝާން އިބްރާހިމް (ސައްޓު) އާދަމް ނިޒާމު (ކިތުނާ)

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި އޭދަފުއްޓާއި ހދ. ނޮޅިވަރަމު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

ކުޅުދުއްފުށީ ސްޓޭޑިއަމުން؛ ރާއިފް ޔޫސުފް

2 ކޮމެންޓް

Comments are closed.