ދިރާގު ސްމާޓް ފޯނު ޕްރޮމޯޝަންގެ ދެ ވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ދިރާގު "ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭ" ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިންނާ އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: ދިރާގު
ދިރާގު “ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭ” ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިންނާ އިނާމު ހަވާލު ކުރަނީ. — ފޮޓޯ: ދިރާގު

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާރޓްފޯން ލިބޭ ޕްރޮމޯޝަން “ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭ”ގެ ދެވަނަ ހަފްތާގެ 7 ނަސީބުވެރިންނަށް ފޯނު ހަވާލުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގެ ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އައިފޯން ސިކްސް އެސް، އައިފޯން ސިކްސް އެސް ޕްލަސް، ސެމްސަންގް ގެލެކްސީ ސިކްސް އެޖް އަދި ސެމްސަންގް ގެލެކްސީ ސިކްސް އެޖް ޕްލަސް ތެރެއިން ފޯނެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަނުގައި މީހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން އަލަަށް ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަގާ ފަރާތްތަކަށް އެއްވެސް މަސައްކަތެއް ކުރުމަކާނުލައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިން:

    މުހައްމަދު ހުސެއިން، ގ. ހިޔާވަލި، މާލެ
    ހުސެއިން ރަޝީދު އަބްދުލްގައްފާރު، ނޫރު މަންޒިލް، ހއ. އުލިގަން
    އަބްދުލް ރަހީމް، ނާރެސް، ލ. ގަން
    އަބްދުﷲ ސައީދު، މުލަންމާގެ، ސ. ހިތަދޫ
    އަބްދުލް ގާދިރު އަހުމަދު، މއ. ފޮސީތިއާ، މާލެ
    އިބްރާހިމް ނާޒިމް، ބްލޫ ލެގޫން، ސ. ހިތަދޫ
    އަހްމަދު މަޝްހޫދު، ނޫމާގެ، ކ. ތުލުސްދޫ

މި ޕްރޮމޯޝަނަކީ ދިރާގުން އައު އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވާއިރު މިފަދަ އެހެނިހެން ހަރަކާތްތައް، ދިރާގުގެ އެހެން ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.