ބ. އަތޮޅުގެ ތިން ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ އިން ދީފި

އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނާ މިނިސްޓަރު މަހްލޫފް އިއްޔެ ހަވާލުވެވަޑައިގަންނަވަނީ.—ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން އިއްޔެ ހަދިޔާކުރިއިރު އޭގެ ތެރޭގައި ބ. އަތޮޅުން ތިން ރަށް ހިމެނިއްޖެ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައިވާ ގޮތުގައި މިއަތޮޅުން ޖިމްތައް ގާއިމުކުރުމަށް ނިންމާފައިވަނީ އޭދަފުއްޓާއި ގޮއިދޫ އަދި ކަމަދޫގަ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ އެ ތަކެތި ހަވާލު ކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ. އެ ސާމާނާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، ވަރަށް ގިނަ ކަންތައްތަކުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭ ކަމަށެވެ. އެގޮތުން، އެ ގައުމުގެ އެހީއާއެކު، 68 ރަށެއްގައި ކުޑަކުދިންގެ ޕާކް އަވަސް މުސްތަގްބަލެއްގައި ގާއިމްކުރާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

“ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މަސައްކަތް ނިންމައި، އެ ޕާކުތައް ރަށްރަށާ ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރަން،” މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި، އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އިންޑިއާ އިން ދިނުމަކީ، ޖިމްތައް ގާއިމްކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ކުރިއަށް ގެންދާ، “ދުޅަހެޔޮ، ހަށިހެޔޮ” ޕްރޮގްރާމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.