ވެލާ ސްޕޯޓްސް އާއި އޭދަފުށީ ލޮބީން ފިހާރަ ގުޅިގެން އޭދަފުށީގައި ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
“ލޮބީން ފުޓްސަލް ފިއެސްޓާ 2020” ގެ ނަމުގައި ސެޕްޓެމްބަރު 4-11 އަށް އޭދަފުށީ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގައި ނުވަ ޓީމަކުން ވާދަކުރެ އެވެ.
އެއީ ގްރޫޕް އޭގައި ވެލާސް ސިޓީ، ހުސް ސޮންގުން އެފްޓީ އަދި ހުސްސޮންގުން ލެޖެންޓްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކައްކާނި އާއި ފްރެންޑްސް އަދި މޮންސްޓާ އެވެ. ގްރޫޕް ސީ ގައި ހިމެނެނީ އެފްސީ ސަޑަންލީ އާއި އިރުމަތީ ލަވާސްގެ އިތުރުން ވީ ވެލާ އެވެ.
ވެލާ ސްޕޯޓް އިން ބުނި ގޮތުގައި މި މުބާރާތުގެ މަގްސަދަކީ ރަށުން ބޭރުން ޚާއްސަ ކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ އޭދަފުށީގެ ގިނަ އަދަދެއްގެ ޒުވާނުން ރަށަށް ޖަމާވެފައިވާ މި ވަގުތު ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ކުރިއެރުވުމެވެ.
ލޮބީން މެއިން ސްޕޮންސަ ކޮށްފައިވާ މި މުބާރާތުގެ ކޯ ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.