ލޮބީން ފުޓްސަލް ފިއެސްޓާ ފަށައިފި

ވެލާ ސްޕޯޓްސް “ލޮބީން ފުޓްސަލް ފިއެސްޓާ 2020” ފުޓަސަލް މުބާރާތް ފަށައިފި އެވެ.

މިއީ ފުޓްސަލް މުބާރާތްތައް ފޯރިއާއެކު ބާއްވަމުން އަންނަ މިރަށުގައި ކޮވިޑް-19 އާ ގުޅިގެން މުބާރާތްތައް ބޭއްވުން މެދު ކަނޑާލާފައި އޮތުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ރޭ ފެށި މި މުބާރާތުގައި ނުވަ ޓީމު ވާދަކުރެއެވެ. އެއީ ގްރޫޕް އޭގައި ވެލާ ސިޓީ، ހުސް ސޮނގުން އަދި ހުސް ސޮނގުން އަދި ލެޖެންޑްސްއެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކައްކަކީ، ފްރެންޑްސް އަދި މޮންސްޓާސްއެވެ. އަދި ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ އެފްސީ ސަޑަންލީ، އިރުމަތި ލަވާރސް އަދި ވީ ވެލާއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗްގައި ވާދަކުރީ ވެސްޓް ވިންގްސްގެ ހުސް ސޮނގުންނާ، ވެލާ ސިޓީއެވެ. މިމެޗް 4-1 އިން ކާމިޔާބުކުރީ ވެލާ ސިޓީއެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ދެވަނަ މެޗްގައި ފްރެންޑްސް އާއި ބަދަލުކޮށް ކައްކަނީ މެޗް ކާމިޔާބުކުރީ، 7-1 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ 2 މެޗު މިރޭވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ  އެފްސީ ސަޑަންލީއާއި އިރުމަތި ލަވާސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހުސްސޮނގުން ލެޖެންޑް އާއި ވެލާ ސިޓީއެވެ. ފުރަތަމަ މެޗު ފަށާނީ 20:30 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.