ލޮބީން ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް އަށް

ފައިނަލުގައި ކައްކާނި އެފްސީގެ މައްޗަށް 5-1އިން ކުރިހޯދައި ލޮބީން ފުޓްސަލް ފިއެއްޓާގެ ޗެމްޕިއަންކަން ވެލާ ސިޓީން ހޯދައިފި އެވެ.

މޮޅު ކުޅުމެއް ވެލާ ސިޓީގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވެލާ ސިޓީގެ އަޙުމަދު އަޝްރަފް (ސޮބީ) އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

އަޝްރަފްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ތެރޭގައި ހިމެނުނީ ވެލާ ސިޓީގެ ޝާހީ މޫސާ އާއި ގޯލްކީޕަރ އަލީ އަޖްފާން އަދި އިރުމަތީ ލަވާސްގެ މުހައްމަދު ފާސިރުގެ އިތުރުން ރަނަރަޕްކަން ހޯދި އެފްސީ ކައްކަނީގެ އަލީ ނަޝީރުއެވެ.

މި މުބާރާތުގެ 21 އަހަރު ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެފްސީ ކައްކަނީގެ ގޯލް ކީޕަރު އަނޫސް އަބޫބަކުރު ހޮވުނުއިރު މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކީ އެޓީމްގެ ޢަބްދުﷲ ޝަހީމެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވޭ މި ފޯރިގަދަ މުބާރާތުގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ފުޓްސަލް މުބާރާތްތައް ފޯރިއާއެކު ބާއްވަމުން އަންނަ މިރަށުގައި ކޮވިޑް-19 އާ ގުޅިގެން މުބާރާތްތައް ބޭއްވުން މެދު ކަނޑާލާފައި އޮތުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.