ބ.ހިތާދޫގައި ސަރުކާރުން ހެދި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.
ހިތާދުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އަފްރާހެވެ.
މި ދަނޑު ހުޅުވުމަށްޓަކައި ބޭޢްވި ރަސްމިއްޔާތުގައި
ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މި ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފް ހިތާދޫ
އަކީ ފުޓްސަލްގައި ރާއްޖޭގެ ރަންވަނަތައް ހާސިލް ކުރަމުން އަންނަ ރަށެއްކަމަށެވެ.
އަދި ހިތާދޫގެ ފުޓްސަލްގެ ކުރިމަގު މި ދަނޑުގެ ސަބަބުން އިތުރައް
ކުރިއަރައިދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ
އާބާދީއަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކުގައި ތަރައްޤީއާއި ޒުވާނުން
ބޭނުންވާކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. އަދި ކުޅިވަރުގެ ރޮނގުން
ހިތާދޫއަށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ
ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެރަށުގެ ޒުވާނުންގެ
މެދުގައި ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.